ސުވަރުގެ އެދިގެން ކޮންމެ ދުވަހަކު މިކުރުކުރު ދުޢާ 3 ފަހަރު ތަކުރާރުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސުވަރުގެ އެދިގެން ކޮންމެ ދުވަހަކު މިކުރުކުރު ދުޢާ 3 ފަހަރު ތަކުރާރުކުރާށެވެ!

އަހުރެމެން މަސައްކަތް މިކުރަނީ ސުވަރުގެ ދެއްވެވުން އެދިގެންނެވެ. ސުވަރުގެ ވައްދަވާ އަޅުންގެތެރޭގައި ހިމަނުއްވަވައި ދެއްވެވުން އެދިގެންނެވެ. ވީމާ އަހުރެމެންނަކީ އެކަމަށް ގިނަގިނައިން އެދޭ ބައަކަށްވާން އެބަޖެހެއެވެ. ކޮންމެ ދުވަހަކު މިފަދައިން 3 ފަހަރު ދުޢާކޮށް ތިމާއަށް ސުވަރުގެ ދެއްވެވުން އެދި ދަންނަވަމުން ގެންދާށެވެ! އެއިރުން ތިބާ ސުވަރުގެ ވައްދަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ސުވަރުގެ ދަންނަވާނެތެވެ. އިން ޝާ ﷲ މިފަދައިން ދުޢާކުރުމަކީ ހަމައެންމެ ދުވަހަކު ކޮށްފައި ނިންމައިލަން އޮތް ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ކުރަމުން ގެންދަންވީ ކަމެކެވެ. ދުނިޔޭގައި ހުރި ހުރިހާ ދުވަހަކުއެވެ. ކޮންމެ ދުވަހަކު ކުރަމުން ގެންދާނަމަ ކޮންމެވެސް ދުވަސްތަކެއްގައި ކުރެވޭ ދުޢާ ޢިޖާބަ ކުރައްވަވާނެތެވެ! އިން ޝާ ﷲ ދުޢާ: اللهم اني اسالك الجنة މީސްތަކުންނޭވެ! ސުވަރުގެއަކީ ﷲ ތަޢާލާގެ މިލްކުފުޅުގައިވާ ތަނެކެވެ. އެތަނަށް ވައްދަވާނެ މީހުން ކަނޑއަޅުއްވަވާނީ ﷲ ތަޢާލާއެވެ. އެކަލާނގެ ހެޔޮ ރަޙްމަތްފުޅުންނެވެ. ދީލަތިވަންތަކަމުންނެވެ. އަހަރެމެން ކިތަންމެ ގިނަ ހެޔޮ ޢަމަލެއް ކުރިކަމުގައިވިނަމަވެސް ސުވަރުގެ ވައްދަވާނީ އެކަލާނގެ އިރާދަކުރެއްވެވި މީހެކެވެ. އެކަލާނގެ ދީލަތިވަންތަކަމާ ހެޔޮ ރަޙްމަތްފުޅުންނެވެ. އަހަރެމެން ހެޔޮ އަމަލުކުރި ނަމަވެސް އެޢަމަލު ޤަބޫލުފުޅު ކުރެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ! ވީމާ ކުރާ ކޮންމެ ހެޔޮ އަމަލެއްވެސް ވީހައި ފަރުވާތެރިކަމާއެކު ވީހައި ބޮޑަށް ސަމާލުކަންދީގެން ކުރަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވައްދަވާ އަޅުންގެތެރޭގައި ހިމެނޭނީ އެއިރުންނެވެ. - މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން