ދުޢާކުރަންވީ ހަމައެކަނި ކަމަކަށް ބޭނުންވުމަކުންނޫނެވެ. ދުޢާކުރުން ގިނަކުރުމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމެކެވެ. އެއިގެ އިތުރުން ބައެއް ދުޢާތަކަކީ އަބަދުވެސް ކުރަމުންހެންދަންޖެހޭ ދުޢާއެވެ. އެހެންވެ މިގެނެސްދެނީ އަބަދުވެސް ގިނަގަިނައިން ކުރްންޖެހޭ ދުޢާތަކުގެ ތެރެއިން 3 ދުޢާއެކެވެ.
(اللهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ)
[أخرجه مسلم 96 – (2739)]
މާނައީ: ” އޭ ﷲ! މިއަޅާ އިބަ ﷲ ގެ ނިޢުމަތްތައް ފިލައިގެން ދިޔުމުންނާއި، އިބަ ﷲ ދެއްވާފައިވާ ދުޅަހެޔޮކަން ބަދަލުވުމުންނާއި، އިބަ ﷲ ގެ ޢަޛާބު ކުއްލިއަކަށް އައުމުންނާއި އިބަ ﷲ ގެ އެންމެހާ ކޯފާއިން، އިބަ ﷲ ގެ ހަޟްރަތުން ރައްކާތެރިކަން ހޯދަމެވެ."
(اللهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ)
[مسلم 17 – 2654]
މާނައީ: "އޭ ﷲ! ހިތްތައް ފުރޮޅުއްވާ އިލާހު! އިބަ ﷲގެ ކިޔަމަންތެރިކަމާއިދިމާޔަށް އަޅަމެންގެ ހިތްތައް ފުރޮޅުއްވާނދޭވެ."
(يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ)
[الترمذي وأحمد]
މާނައީ: "ހިތްތައް ބަދަލުކުރައްވާ އިލާހު! އިބަ ﷲގެ ދީންމަތީގައި މިއަޅާގެ ހިތް ސާބިތުކުރައްވާނދޭވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން