ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"ހަމަކަށަވަރުން، ތަކުރާރުކޮށްކިޔެވޭ ހަތް އާޔަތާއި، މާތްކަން ބޮޑުވެގެންވާ ޤުރްއާން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވީމެވެ." (އަލްހިޖްރް: 87)
މިސޫރަތުގައިވާ (اهْدِنَا الصِّرَاطَ الْمُسْتَقِيمَ) "އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!" ދުޢާއަކީ ކޮންމެ އިންސާނަކަށް އެންމެ މުހިންމު ދުޢާއެވެ. އެހެނީ ތެދުމަގު ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ތެދުމަގު ލިބިގަންނަން މަސައްކަތްކުރަމުން މިދުޢާކުރަން އެބަޖެހެއެވެ.
އަދި ކީއްހެއްޔެވެ؟ މިދުޢާއަކީ ޝައިޠޯނާގެ ވަސްވާސްތަކުން މީހާ ސަލާމަތްކޮށްދޭނެ ދުޢާއެއްވެސްމެއެވެ. މިދުޢާ ތަކްރާރުކޮށް ކޮންމެ ރެއަކާއި ދުވާލެއްގެ ތެރޭގައި އެތައް ފަހަރަކު ކިޔުމަށް އޮތީ މިފަދަ ސަބަބުތަކަށްޓަކައެވެ.
ދެން މިޙަދީޘްފުޅަށް ވިސްނައިލާށެވެ.
Ata’ reported: Abu Huraira, may Allah be pleased with him, said, “In every prayer is a recitation. Prayers that were recited aloud by the Prophet, peace and blessings be upon him, we have recited aloud to you, and what he recited silently we have kept silent with you. Whoever recites the foundation of the Book, Surat al-Fatihah, has done enough, but to recite more is better.”
Source: Ṣaḥīḥ al-Bukhārī 738, Ṣaḥīḥ Muslim 396
Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
އެނގިގެން މިދަނީ އުންމުލްޤުރްއާން ނުވަތަ ސޫރަތުލްފާތިޙާ، ކިޔަވަންވީމަގުން އެއިގެ މާނައަށް ވިސްނައިގެން ކިޔައިފިނަމަ ލިބިގެންދާ ޘަވާބާއި މަތިވެރިކަމެވެ.
ދުނިޔަވީ ޙަޔާތަށް ބެލި ނަމަވެސް މަންމަ އަކީ އެމީހަކު އެންމެ އިހްތިރާމް ކުރަން ޖެހޭ މީހާއެވެ. އެންމެ ބޮޑަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ މީހާއެވެ. ނަމަވެސް އެމީހާގެ ފަރުވާ ކުޑަކަމުން އެމީހަކަށް އެމީހެއްގެ މަންމަ އަކީ ކާކުކަން ނުއެނގޭނަމަ އެއީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟
"އުއްމުލްޤްރްއާން" އެވެ ބުނެވޭ ބަހުގެ މާނައަކީ ކީރިތި ޤްރްއާނުގެ މަންމައެވެ. މިނަން ދެވިފައިވަނީ ކީރިތި ޤްރްއާނުގެ ފުރަތަމަ ސޫރަތަށެވެ. ސޫރަތުލްފާތިހާ (އަލްހަމްދު)އަށެވެ. އެސޫރަތަށް ކީރިތި ޤްރްއާނުގެ ހުރިހާ ސޫރަތްތަކުގެ މަންމަކަމުގައި ވެސް ބުނެވެއެވެ. .
"އުއްމުލްޤްރްއާން" މިއީ ހުރިހާ މުސްލިމުންވެސް ވަރަށް ގިނައިން އަޑުއަހާ ނަމަކެވެ. ނަމަވެސް އެ ބުނަނީ ކީކޭކަން ނުއެނގޭ އެތައް މިލިއަން މުސްލިމުން ތިބިކަން އެއީ ހިތާމަހުރި ކަމެކެވެ.
ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި އަހަރެމެން އެ ސޫރަތް އެބަކިޔަވަމުއެވެ. ފަރުޟު ނަމާދެއް ނަމަވެސް އަދި ސުންނަތް ނަމާދެއް ނަމަވެސް މެއެވެ. އެ ސޫރަތާއި ނުލައި ނަމާދު ފުރިހަމައެއް ނުވާނެއެވެ.
ދެން ނިކަން ބުނެބަލާށެވެ. މިތާ އެއްވެ މިތިބަ މީހުންގެ ތެރެއިން ތަޖުވީދުމަގުން އަލްހަމްދު ކިޔަވަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެ ސޫރަތުގައި ވަނީ ކިތައް އާޔަތްތޯ ސުވާލުކޮށްފިނަމަ ނުގުނައި ޖަވާބުދެވޭނީ ކިތައް މީހުންނަށްބާވައެވެ! އަދި އެންމެ 6 ނުވަތަ 7 އާޔަތުގެ މާނަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟
އަލްޙަމްދުގައި 7 އާޔަތް ހަމަވާނީ ބިސްމި އާއިއެކުގައެވެ. އާޔަތްތައް އެހައިމެ ކުރެވެ. ނަމާދަށް ފުރިހަމަކަން ލިބޭނީ އަލްޙަމްދުގެ މާނަވެސް އެނގިގެންނެވެ. ނަމަވެސް މިއީ މިއަދު އަހަރެމެންގެ ހާލު ހުރިގޮތެވެ. އިޞްލާޙްކުރުން އޮތީ ހަމަ އަހަރެމެންގެ އަތްމަތީގައެވެ.
"އުންމުލްޤުރްއާން" އުނގެނި ޢަމަލުކޮށްފިނަމަ އެމީހަކަށް އެވަދެވެނީ ސީދާ ސުވަރުގެ އަށެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން