ތިބާއަށް ޙާޞިލުނުވެގެން އުޅެނީ ކޮންމެ ކަމެއް ނަމަވެސް މިދުޢާކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތިބާއަށް ޙާޞިލުނުވެގެން އުޅެނީ ކޮންމެ ކަމެއް ނަމަވެސް މިދުޢާކުރާށެވެ!: މުފްތީ މެންކް

ވަކިކަމެއް ނޫނެވެ. ޙާޞިލުކުރަން ބޭނުންވާ ކޮންމެ ކަމަކަށް އެދިގެންވެސް މިދުޢާކުރާށެވެ! މާލީ ނުަތަނަވަސްކަމަކުން އަރައިގަތުމަށް ނަމަވެސް ބައްޔަކުން ޝިފާ ލިބުމަށްނަމަވެސް، ލޯބި ލިބެން ބޭނުންވާ މީހުންގެ ލޯބި ލިބުމަށް އެދިގެންވެސް، އިމްތިޙާނަކުން ފާސްވުމަށް އެދިގެންވެސް މިހެންގޮސް ކޮންމެ ކަމަކަށް އެދިގެންވެސް މިދުޢާކުރާށެވެ.  

اللَّهُمَّ لَا سَهْلَ إِلَّا مَا جَعَلْتَهُ سَهْلًا، وَأَنْتَ تَجْعَلُ الْحَزْنَ سَهْلًا إِذَا   شِئْتَ سَهْلا 

މިދުޢާގެ މާނައިގައި ހިމެނިގެންވަނީ ކޮންމެ ކަމެއްވެސް (ޙާޞިލްކުރަން) ފަސޭހަވުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ.  

ޙާށޞިލްކުރަން ބޭނުންވާ ކަންކަމުގެ ތެރެއިން ޙާޞިލުކުރަން އުނދަގޫވަނީ ހަމައެކަނި ބޮޑެތި ކަންކަމެއްވެސް ނޫނެވެ. ވަރަށް ކުދިކުދި ކަންކަންވެސް ޙާޞިލުކުރަން އުނދަގޫވެއެވެ. ހުރަސްތައް ކުރިމަތިވެއެވެ. ވީމާ ކިތަންމެ ބޮޑުކަމެއް ކުރިމަތިވިޔަސް އަދި ކުޑަކަމަކުން އަރައިގަތުމަށް އުނދަގޫވާނަމަވެސް މިދުޢާކުރާށެވެ.  


- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން