ކައިވެނިކުރުމުން ކުރިއަށްވުރެ މާގިނައިން މާރީތި މީހުން ދެމަފިރިންނަށްވެސް ފެންނާނެ! ސަލާމަތަށް އެދި މިދުޢާކުރުން ގިނަކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ކައިވެނިކުރުމުން ކުރިއަށްވުރެ މާގިނައިން މާރީތި މީހުން ދެމަފިރިންނަށްވެސް ފެންނާނެ! ސަލާމަތަށް އެދި މިދުޢާކުރުން ގިނަކުރައްވާ!

ޝައިޠޯނާއަކީ އަހުރެމެންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާއެވެ. އަބަދުވެސް ހުންނާނީ ފާފައެއް ކުރުވޭނެ ގޮތަކަށް ބަލަބަލައެވެ. ﷲ ތަޢާލާ އަހުރެމެންނަށް އިންޒާރު ދެއްވަވާފައިވަނީ ހޭލުންތެރިވެ ތިބުމަށެވެ. ފާހަގަމިކުރަނީވެސް ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ. 

ކުރިން ބައްދަލުވާ މީހުންގެ ތެރެއިން ވެސް ރީތިކަމަށް ފާހަގަ ނުކުރެވޭ މީހުންވެސް ތިމާ ކައިވެނިކުރުމުން ބައިވެރިޔާއަށްވުރެ މާރީތި މީހުންގެ ގޮތުގައި ފެންނާނެއެވެ. އަދި ކައިވެނިކޮށްފިނަމަ ބައިވެރިޔާއަށްވުރެ މާރީތި މީހުން ދެމަފިރިންނަށްވެސް ފެންނާނެއެވެ. 

އެއީ ޝައިޠޯނާ އެކަން އެގޮތަށް ދައްކުވާތީއެވެ. ޝައިޠޯނާގެ ބޭނުމަކީ އެމީހުންނަށް ބައްލުވައި ޝައުޤުވެރިކަން އުފެއްދުވުމެވެ. އެކަމުގެ ތެރެއިން ޙަރާމް ކަންކަން ކުރުވުމެވެ. ކައިވެނި ރޫޅުވައިލުމެވެ.  

ވީމާ ހިލޭ އަންހެނުންނަށް ، ފިރިހެނުންނަށް ބެލުމާއި އެހެންވެސް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެންމެހައި ކަންކަން ކުރުމުން ސަލާމަތްވެ ހުންނަން އެދޭ މީހާ މިދުޢާކުރަމުން ގެންދާށެވެ! މަސްތުވާތަކެތި ބޭނުންކުރެވޭ މީހުންނާއި އެހެންވެސް ޙަރާމް ކަންކަން ކުރެވޭ މީހުންވެސްމެއެވެ.   

اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ  

މިދުޢާގައި އެކުލެވިގެންވާ މާނައީ: "އެންމެހައި ޙަރާމްކަމަކުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ! އަދި ޙަލާލް ކަންކަމުން ފުދި ހިތްހަމަޖެހޭ މީހުންގެ ތެރެއިން މިއަޅާ ލައްވަވާނދޭވެ! އަދި ޙަރާމް ކަންކަން ކުރަން ބޭނުންވުމުން މިއަޅާއަށް ސަލާމަތްކަން ދެއްވަވާނދޭވެ. އަދި ޙަރާމްކުރެއްވެވި ކަންކަމަށް ބަލައިލަން ބޭނުންވުމުންވެސް މިއަޅާއަށް ސަލާމަތްކަން ދެއްވަވާނދޭވެ! އަދި މިއަޅާއަކީ އިނބަ ﷲ ދެއްވެވި މިންވަރުން ފުދިގެންވާ އިނބަ ﷲ ފިޔަވައި އެހެން ފަރާތަކުން ވާގިއެދުމުން މިއަޅާއަށް ސަލާމަތްކަން ދެއްވަވާނދޭވެ!"

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން