ބޭނުމެއް ޖެހިއްޖެނަމަ ފުރަތަމަ އޮތީ ތިމާ ދުޢާކުރުން! ތިމާއަށްޓަކައި ދުޢާކޮށްދިނުމަށް އެހެން މީހުންގެ ކިބައިން އެދެންވާނީ ތިމާ ދުޢާކުރުމަށްފަހު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ބޭނުމެއް ޖެހިއްޖެނަމަ ފުރަތަމަ އޮތީ ތިމާ ދުޢާކުރުން! ތިމާއަށްޓަކައި ދުޢާކޮށްދިނުމަށް އެހެން މީހުންގެ ކިބައިން އެދެންވާނީ ތިމާ ދުޢާކުރުމަށްފަހު!

ބޮޑުކަމެއް ޖެހުމުން އެހެން މީހުންގެ ގާތުން ތިމާއަށްޓަކައި ދުޢާކޮށްދޭން އެދެންވާނީ ތިމާ ދުޢާކުރުމަށްފަހުގައެވެ. އަދި ދުޢާކުރުނަމަތީގައި ހުރެގެންނެވެ. ކޮންމެ މީހަކީވެސް ކޮންމެ ކަމަކަށް ބޭނުންވިޔަސް ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރެވޭނެ މީހެކެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. އަދި ކަންކަމަށް އެދި ގިނަގިނައިން ދުޢާކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.  

އެހެންކަމާއިއެކުވެސް ތިމާ ދުޢާނުކޮށް އެހެން މީހުންގެ ކިބައިން ތިމާއަށްޓަކައި ދުޢާކޮށްދޭން އެދޭބައަކު އުޅެއެވެ. އެހެންވެ އެދެނީ ތިރީގައިވާ ލިޔުންކޮޅު ވިދާޅުވެލެއްވުމެވެ.   

އާދެ! ކޮންމެ މީހަކުވެސް ހަމަ އަނެކާއަށްޓަކައި ހެޔޮ ދުޢާ ކޮށްދިނުމަކީ އަދި ދުޢާ ކޮށްދިނުން އެދުމަކީވެސް އެއީކީ މައްސަލައެއް އޮތް ކަމެއް ނޫން. އެހެންނަމަވެސް މީގައި ވާގޮތަކީ އަޅުގަނޑުމެންނަށް ބައެއް ފަހަރަށް ހީވަނީ އަޅުގަނޑުމެން އަމިއްލައަށް ﷲގެ حضرة އަކަށް ނުވެއް ދެންނެވޭނޭ. އަޅުގަނޑުމެން ދަންނަވަން ޖެހޭނީ ކޮންމެވެސް ހެއުލަފާ ޞާލިޚް މީހަކު މެދުވެރި ކޮށޭ. އެގޮތަށް ޤަބޫލު ކުރެވޭކަމަށް ވަނީނަމަ އެއީ މައްސަލައެއް. 

އަޅުގަނޑަށްވެސް ހަމަ ﷲގެ حضرة ގައި އަޅުގަނޑުމެން އަމިއްލއަށްވެސް ދަންނަވަންވީ. އަދި އެއާއެކުގައި ބޮޑު މުސީބާތެއް ޖެހިގެން އުޅޭތީ ނުވަތަ އެނޫންވެސް ކަމެއްވެގެން އުޅޭތީ އެކަމުން ރައްކާތެރިކޮށް ދެއްވުން އެދި އެހެން މީހުންވެސް އެކަމުގައި އޭނާއަށް ހެއު ދުޢާ ކޮށްދިނުން އެދުމަކީ  ހަމަ އެންމެ ރަނގަޅު  ކަމެއް! އެއީ ކޮންމެހެން ޢިލްމުވެރިން ނުވަތަ ފިޤްހު ޢިލްމު އުނގެނިފައިހުރި މީހުނަށް ވާކަން ނުޖެހޭނެ. ކިތަންމެ އާދައިގެ މީހާގެ ގާތުގައި އެގޮތަށް ދުޢާ ކޮށްދިނުން އެދުން ކަމުގައި ވިއަސް އެއީ މައްސަލައެއް އޮތްކަމެއް ނޫން.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން