ދުޢާކުރާއިރު މިހާގިނަ ކުށްތައް ކުރެވޭކަން އެނގޭތަ؟ އަވަހަށް ދަސްކޮށްލައި ޢިޖާބަކުރައްވަވާނެ ގޮތަށް ދުޢާކުރަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 51ސ
ދުޢާކުރާއިރު މިހާގިނަ ކުށްތައް ކުރެވޭކަން އެނގޭތަ؟ އަވަހަށް ދަސްކޮށްލައި ޢިޖާބަކުރައްވަވާނެ ގޮތަށް ދުޢާކުރަމާ!

ކޮންމެ މީހަކުވެސް ބޭނުންވާނީ ކުރާ ދުޢާ އަވަހަށް ޢިޖާބަކުރެއްވެވުމެވެ. ދުޢާކުރަން އޮތް އެންމެ ރަނގަޅު ގޮތުގައި ދުޢާކުރެވޭނީ ދުޢާކުރުމުގައި ކުރެވޭ ކުށްތައް އެނގިގެންނެވެ.

އެހެންކަމުން މިގެނެސްދެނީ ދުޢާކުރުމުގައި ސަމާލުކަންދޭންޖެހޭނެ ކަންކަމުގެ ތެރެއިން ދުޢާކުރުމުގައި ކުރެވޭ ކުށްތައް ބަޔާންކުރެވިގެންވާ ލިޔުމެކެވެ. ދަސްކޮށް އިޞްލާޙްކޮށްލަމާ ހިންގަވާށެވެ! 

ދުއާ ކުރުމުގައި ހިނގާ ކުށްތައް  

1-   ޝިރްކެއް ނުވަތަ بدعي އާދޭހުގެ ކަމެއް އެދުޢާއެއްގައި ހިމެނިފައިވުން 

2-    މަރުގެންނެވުމަށް އެދުންވެރިވުމާއި ﷲ އަށް އެކަމަށް އެދި ދެންނެވުން  

3-   ޢުޤޫބާތް އަވަސްކުރެއްވުމަށް (އެބަހީ: ޢަޛާބު ދެއްވާނަމަ ދުނިޔެމަތީގައި ޢަޛާބުދެއްވުމަށް) އެދި ދުޢާ ކުރުން  

4-   މުސްތަޙީލް ކަމެއްވުމަށް ދުޢާ ކުރުން، ނުވަތަ ބުއްދީގެ ގޮތުން، ނުވަތަ އާދަވެގެން، ނުވަތަ ޝަރުޢީގޮތުން، ނުވާނެ ކަމެއްވުމަށް ދުޢާ ކުރުން  

5-   ވެނިމިފައިވާ ކަމަކަށް އެދި ދެންނެވުން 

6-   އެކަމެއް ނުވާނެކަމަށްشرعي ދަލީލެއް އައިސްފައިވާ ކަމަކަށް އެދި ދެންނެވުން 

7-   އަހުލުވެރިންނާއި، މުދަލާއި، ނަފްސަށް، ނުބައި ދުޢާ ކުރުން 

8-   ފާފައެއް ހިނގުމަށް އެދި ދުޢާކުރުން، އެއީ މީހެއްގެ ފުށުން ފާފަތަކުގެ ތެރެއިން ކަމެއްވުމަށް އެދި ދުޢާ ކުރުން ފަދަ ކަންކަމެވެ.   

9-   ތިމާގެ ކަމުގެ ގުޅުން ކެނޑިގެން ދިޔުމަށް އެދި ދުޢާ ކުރުން 

10-   ފާފަތަށް ފެތުރިގެން ދިޔުމަށް އެދި ދުޢާ ކުރުން  

11-   ހަމައެކަނި އެމީހަކަށް ރަޙްމަތް ލެއްވުމަށް އެދި ދުޢާ  ކުރުން، މިސާލަކަށް: " ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! ހަމައެކަނި މިއަޅާއަށް ޝިފާ ދެއްވާނދޭވެ! ނުވަތަ  ހަމައެކަނި މިއަޅާއަށް ރިޒްޤު ދެއްވާނދޭވެ! "މިފަދަ ގޮތަކަށް  ދެންނެވުމެވެ.  

12-   ބަޔަކު ފަހަތުލައިގެން ނަމާދުކުރާނަމަ، މައުމޫމުން ނުހިމަނައި، އެމީހެއްގެ އަމިއްލަ ނަފްސަށް ދުޢާ ޚާއްޞަ ކުރުން 

13-   ދުޢާ ކުރުމުގައި ހިފަންޖެހޭ އަދަބުތައް ދޫކޮށްލުން، މިސާލަކަށް: " އޭ ކުއްތާތަކުގެ ވެރި ރަސްކަލާކޮ!"  އަދި، އޭ ރާމާމަކުނާއި އޫރުގެ ވެރި ރަސްކަލާކޮ!" މިފަދަ ޢިބާރާތްތަކުން ދެންނެވުމެވެ.  

14-   الله تعالى ތަޖުރިބާ ކޮށް، އިމްތިޙާން ވެވޭގޮތަށް ދުޢާ ދެންނެވުން، މިސާލަކަށް: " ތިމަންނާޔަށް ދުޢާ އިޖާބަ ކުރައްވައިތޯ، ނުވަތަ ނޫންތޯ ތިމަން ތަޖުރިބާކޮށް ބަލައި ދުޢާ ކުރާނަމޭ" ބުނުމެވެ. އަދި އަނެއްބަޔަކު " ތިމަން ﷲ އަށް ދުޢާ ދަންނަވާ ނަމެވެ. ދެން ފައިދާއެއް ކޮށްފިނަމަ ރަނގަޅުވާނެތާއެވެ. އަދި ފައިދާއެއް ނުކުރިޔަސް ގޯހެއް ނުވާނެތާއެވެ." ބުނުމެވެ.  

15-   ދުޢާ ކުރާ މީހާ ޙާޞިލް ކުރަންބޭނުންވާ ކަމަކީ ފާސިދު ކަމެއް ކަމުގައިވުން 

16-   އަބަދުވެސް އެހެން މީހުން ލައްވައި ކުރުވާ ދުޢާއަށް إعتماد ވެހުރުމާއި، އޭނާ އަމިއްލައަށް ދުޢާ ކުރުމަށް ސަމާލުކަން ނުދިނުން  

17-   ދުޢާ ކުރުމުގެ ތެރޭގައި ގިނަ ކުށްތައް ޖެހުން، އަދި ވަކިން ޚާއްޞަކޮށް އެއީ މާނަ އަރައިރުންވާ ފަދަ ކުށްތަކެއްކަމުގައިވާނަމަ އެފަދަ ކުށްތައް ޖެހުން، ނަމަވެސް (ޢަރަބި ބަހުން ދުޢާ ދަންނަވާއިރު) އޭގެ މާނަ ނުއެނގޭ މީހަކީ (ޢަރަބި ބަސް ނުދަންނަ ކަމަށްޓަކައި) ޢުޛުރު ވެރިޔެކެވެ.  

18-   ދުޢާ ކުރާއިރު، އެކަމަކާ ގުޅޭ ﷲ ގެ އިސްމުފުޅުތައް ނުވަތަ ސިފަފުޅުތައް ގެނެސްގަތުމަށް ސަމާލުކަން ނުދިނުން  

19-   دعاء އިޖާބަ ކުރައްވާނޭ ކަމުގެ ޔަޤީންކަން ކުޑަވުން، ނުވަތަ ނާއުންމީދުވުން 

20-   ކޮންމެހެން ބޭނުންނެތް ތަފްޞީލް ތަކާއިއެކު ދުޢާކުރުން،  

މިސާލަކަށް، " ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ބަފައިންނާއި މައިންގެ، އަދި އަޅަމެންގެ ކާފައިންނާއި މާމައިންގެ، އަދި އަޅަމެންގެ މައިފުށުގެ ބޮޑުބޭބެއިންނާއި ބޮޑުދައިތައިންގެ ފާފަ ފުއްސަވައި ފާނދެވެ!"  މިފަދައިން ތިމާގެ މީހުންނާއި، އަވަށްޓެރިންނާއި، އެނޫންވެސް މީހުންގެ ވާހަކަ ނަންގަނެ، އިތުރު ތަފްޞީލު ތަކައިގެން ކުރިޔަށް ދިއުމެވެ. ނަމަވެސް އެތަފްޞީލަކީ ބުއްދި ޤަބޫލުކުރާ ވަރުގެ ތަފްޞީލެއް ކަމަށްވެފައި، ވަކި ޙައްދެއް ކަނޑައެޅިފައިވާ ތަފްޞީލެއް ނަމަ އެތަފްޞީލެއް ހިމެނުމަކުން މައްސަލައެއް ނެތެވެ.  

21-   ޤުރުއާނާއި ސުންނަތުން ޘާބިތުނުވާ ނަންފުޅުތަކުން ﷲ އަށް ދަންނަވައި ދުޢާކުރުން 

22-   ހިސާބަށްވުރެ މައްޗަށް އަޑު އުފުލުން 

23-   ބައެއްމީހުން ކޮށްއުޅޭ މިފަދަ ދުޢާ " ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ، އިބަރަސްކަލާނގެ حضرة ން ، މިންވަރުފުޅު ބަދަލު ކުރެއްވުމަކަށް ނުއެދެމުއެވެ. އެހެންނެއްކަމަކު މިއަޅާ އެދެނީ، އެކަމުގައި އޯގާވަންތަވެ ވޮޑިގަތުމަށެވެ."   

24-   ދުޢާ ކުރުމުގައި އިރާދަފުޅާ މަތިކުރުން، މިސާލަކަށް: " ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ އިރާދަފުޅު ކުރައްވައިފިނަމަ މިއަޅާގެ ފާފަފުއްސަވާނދޭވެ!" މިފަދަ ގޮތަކަށް ދުޢާ ދެންނެވުމެވެ. ނަމަވެސް ވާޖިބުވެގެންވާ ގޮތަކީ، ދުޢާކުރާއިރު އެމީހަކު ވަކިގޮތެއް ކަނޑައެޅުމެވެ.  

25-   ގަދަކަމުން ރުއިމާއި، އޭގެ އަޑު އުފުލުން 

26-   ހުކުރު خطبة ގައި ފެނަށް އެދި ދުޢާ ކުރާނަމަ، އިމާމާ، އޭނާގެ ދެއަތް އުފުލުން ދޫކޮށްލުން 

27-   ޤުނޫތުކިޔާ ޙާލު ދުޢާ ދިގުކުރުން، އަދި ޤަޞްދު ވެވޭ ކަންތަކާ ނުގުޅޭ ދުޢާތައް ކިޔުން

 

- ޝައިޚް އިބްރާހީމް ފަރީދު އަހްމަދުގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން