ﷲ ގެ ރަހްމަތަށާ ދަތިއުނދަގޫ ކޮންމެ ކަމެއް ފަސޭހަވުމަށް އެދިގެން ކުރަން އޮތް ދުޢާއެއް!- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ﷲ ގެ ރަހްމަތަށާ ދަތިއުނދަގޫ ކޮންމެ ކަމެއް ފަސޭހަވުމަށް އެދިގެން ކުރަން އޮތް ދުޢާއެއް!- ޤުރްއާނުން

އަހުރެމެން އަބަދުވެސް ތިބެންވީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތަށް އެދި ދުޢާކުރުންމަތީގައެވެ. އަދި ދަތި އުނދަގޫ ޙާލަތުތަކުން ސަލާމަތް ކުރެއްވެވުން އެދި ދުޢާކުރުންމަތީގައެވެ. ދުޢާއަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. އަދި ގިނަގިނައިން ދުޢާކުރުމަތީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވެގެންދާނެ ޢަމަލެކެވެ. އިން ޝާ ﷲ  

މިއީ ކީރިތި ޤުރުއާނުގައި އައިސްފައިވާ ބައެއް ޖާމިޢު ދުޢާތަކުގެ ތެރެއިން ދުޢާއެކެވެ!  

﴿رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا﴾ [سورة الكهف ۱٠]  

މާނައީ: "އަޅަމެންގެ ވެރިރައްބެވެ. އިނބައިލާހުގެ ހަޟުރަތުން އަޅަމެންނަށް ރަހުމަތެއް ދެއްވާނދޭވެ. އަދި އަޅަމެންގެ ކަންތައް  ފަސޭހަކޮށްދެއްވާނދޭވެ."  


- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން