ހިނދުކޮޅަކަށްވެސް ހަނދުމަނެތިކޮށްލައިގެން ނުވާނެ 3 ދުޢާއެއްވެއެވެ.
ފުރަތަމަ ދުޢާއަކީ:
اللهم إني أسألك حسن الخاتمة
މިދުޢާކުރަންވީ ރަނގަޅު ނިމުމެއް ދެއްވެވުން އެދިގެންނެވެ. ﷲ ތައާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ ފުރާނަ ނުގެންދެވުން އެދިގެންނެވެ.
ދެވަނަ ދުޢާއަކީ:
اللهم إرزقني توبة نصوحا قبل الموت
"O Allah, grant me sincere repentance before death."
މިދުޢާކުރަންވީ މަރުވުމުގެ ކުރިން ތައުބާ ޤަބޫލުފުޅުކުރައްވަވައި ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވެވުން އެދިގެންނެވެ.
ތިންވަނަ ދުޢާއަކީ:
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
މިދުޢާގެ ބޭނުމަކީ ދިރިހުރިހާ ހިނދަކު ޘާބިތުކަމާއިއެކު ﷲ ތަޢާލާގެ ދީނުގައި ހުރުމަށް ތައުފީޤް ދެއްވެވުން އެދިގެންނެވެ.
މި 3 ދުޢާކުރުންމަތީގަ ދެމިހުރެ އަދި އެކަމަށް މަސައްކަތްކޮށްފިނަމަ އެމީހަކު ވެގެންދާނީ ރަނގަޅު ނިމުމެއް ލިބި، ނަރަކައިން ސަލާމަތްވެވި، ސުވަރުގެ ވައްދަވާ އަޅުނަގެތެރެއިންނެވެ. މި 3 ދުޢާވެސް ގިނަ ބައަކަށް އެނގޭނެއެވެ. ނަމަވެސް މުހިންމުކަން ނުވިސްނޭތީ ޢަމަލުނުކުރެވެނީއެވެ.
ގާތް އެންމެންނަށް މި 3 ދުޢާ ޝެއާކޮށްލާށެވެ! ތިބާގެ ހަނދުމަކޮށްދިނުމުގެ ސަބަބުން އެއިން މީހަކު ނުވަތަ ބައަކު ޢަމަލުކޮށްފިނަމަ އެކަމުގެ ސަބަބުން އެމީހަކަށް ލައްވަވާ ހެޔޮ ރަޙްމަތް ތިބާއަށްވެސް ލައްވަވާނެތެވެ. ތިބާ އެމީހުންނަށް ހަނދުމަކޮށްދިނީތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން