ހަމައެކަނި ފިލާވަޅު ދަސްކޮށްދިނުމަކުން ނުފުދޭނެ! އިމްތިޙާނުން ދަރިފުޅު ފާސްވުމަށް އެދޭނަމަ މައިންބަފައިން މިފަދަ ދުޢާ ކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ހަމައެކަނި ފިލާވަޅު ދަސްކޮށްދިނުމަކުން ނުފުދޭނެ! އިމްތިޙާނުން ދަރިފުޅު ފާސްވުމަށް އެދޭނަމަ މައިންބަފައިން މިފަދަ ދުޢާ ކުރަންވާނެ!

ދަރިންގެ އިމްތިޙާންތަކަށް އެކުދިން ތައްޔާރުކުރުވަމުއެވެ. އިމްތިޙާން ހަދަން ގެންދަންޖެހޭ ތަކެތި ހަމަކޮށްދެމިއެވެ. ގަޑިޖެހުމުގެ ކުރިން އިމްތިޙާނު ހޯލަށްވެސް ގެންދަމުއެވެ. އަހުރެންގެ ސުވާލަކީ އެވަރުން ފުދުނީ ހެއްޔެވެ؟  

ލޮބުވެތި މައިންބަފައިންނޭވެ! އެވަރަކުން ނުފުދޭނެއެވެ. އެދަރިންނަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ. ދަރިންނަށް އެންމެ ފައިދާކުރާނީ މައިންބަފައިންގެ ދުޢާއިންނެވެ.  

"ޔާ ﷲ! އިމްތިޙާން ހެދުމުގެ ޤާބިލުކަން މިއަޅާގެ ދަރިފުޅަށް ދެއްވަވާނދޭވެ! ދޭންވީ ރަނގަޅު ޖަވާބުތައް ވިސްނަވައި ދެއްވަވާނދޭވެ! ދަރިފުޅަށް ލިޔެވޭ ކޮންމެ ޖަވާބަކީ ރަނގަޅު ޖަވާބެއްކަމުގައި މިންވަރުކުރައްވަވާނދޭވެ! އިމްތިޙާނުގެ ނަތީޖާއަކީ ދަރިފުޅުގެ މުޅި ޢުމުރުގައިވެސް ފައިދާކުރާނެ ނަތީޖާއެއް ކަމުގައި ލައްވަވާނދޭވެ!" އާމީން  

އެންމެ ކުޑަމިނުން މިމިންވަރަށް ދުޢާކުރާށެވެ! އިމްތިޙާން ހޯލަށް ވެއްދުމުގެ ވަޤުތުގައިވެސް މިފަދަ ދުޢާއެއް ކުރާށެވެ! ރަނގަޅު ޖަވާބު އެނގިތިބެވެސް ރަނގަޅު ނޫން ޖަވާބުލިޔެވޭ ކުދިން މަދުޏޫންކަން އެބައެނގެއެވެ. އެކަމުން އެނގެނީ ފިލާވަޅު ދަސްވުމުން އެކަނި ނުފުދޭކަމެވެ. ރަނގަޅު ޖަވާބުދިނުމުގެ ޤާބިލުކަންވެސް ބޭނުންވާ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން