بِسْمِ اللهِ ، بِسْمِ اللهِ ، بِسْمِ اللهِ أَعُوذُ باللهِ وَقُدْرَتِهِ مَنْ شَرِّ مَا أَجِدُ وَأُحَاذِرُ
ހިތްދަތިކަމާ ނުތަނަވަސްކަމުގެ ވަޤުތުގެ އިތުރުން ހަށިގަނޑުގައި ވޭންއަޅާނަމަވެސް ކުރަން އޮތް ދުޢާއެކެވެ. ޙަދީޘްފުޅުގައި އޮތީ ތަދުވާތަނެއްގައި ކަނައަތް ބާއްވައިގެން މިދުޢާކުރުމަށެވެ. 7 ފަހަރު ދުޢާ ކިޔުމަށްވެސް އައިސްފައިވެއެވެ.
އަހުރެން ބުނާނީ މިއީ ހުރިހާ ބޭސްތަކަށްވުރެންވެސް މާބާރުގަދަ ދުޢާއެއް ކަމަށެވެ.
- ޝައިޚް އަބޫބަކުރު ޒައުދު
ހިތާމައާއި ހިތްދަތިކަން ލިބޭ އަދި ނުތަނަވސްކަމުގެ ވަޤުތުގައިވެސް މިދުޢާ ކިޔުމަށް ބައެއް ޢިލްމްވެރިން ވިދާޅުވެއެވެ.