ޚަރަދުތައް ކުޑަކުރަން 228 ސިޔާސީ މުވައްޒިފުން ވަޒީފާއިން ވަކިކުރަން ރައީސް ޑރ. މުޢިއްޒު ނިންމަވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޚަރަދުތައް ކުޑަކުރަން 228 ސިޔާސީ މުވައްޒިފުން ވަޒީފާއިން ވަކިކުރަން ރައީސް ޑރ. މުޢިއްޒު ނިންމަވައިފި!

ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒިފުންގެ ތެރެއިން 228 ސިޔާސީ މުވައްޒިފުން ވަޒީފާއިން ވަކިކުރަން އެމަނިކުފާނު ނިންމަވައިފިއެވެ. 

އަދި އެކަން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ތަންފީޒުކުރަންވެސް މިނިސްޓްރީތަކަށް ވަނީ އަންގަވާފައެވެ. 

ވަކިކުރަން ހަމަޖެއްސި މަޤާމުތަކުގެ ތެރޭގައި 7 ސްޓޭތް މިނިސްޓަރުންނާއި 43 ޑިޕިޔުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ. 

މިބަދަލުގެ ސަބަބުން މަހަކު 5.714 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭނެއެވެ.

މިކަންކަން ހާމަކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިއަދު އޮންލައިން