ޢަބްދުލްޣަފޫރު އިބްރާހީމްގެ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ޢަބްދުލްޣަފޫރު އިބްރާހީމްގެ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްމަރުޙޫމް ޢަބްދުލްޣަފޫރު އިބްރާހީމްގެ ހިތާމަވެރި އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މި ތަޢުޒިޔާ މެސެޖު ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވީ އިއްޔެ އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، އަލްމަރުޙޫމް ޢަބްދުލްޣަފޫރު އިބްރާހީމަކީ ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އަވަހާރަވުމުގެ ޚަބަރު ލިބިވަޑައިގަތީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ވެ.

"އަލްމަރުޙޫމް ޢަބްދުލްޣަފޫރު އިބްރާހީމަކީ ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އަވަހާރަވުމުގެ ޚަބަރު ލިބުނީ ވަރަށް ފުން ހިތާމައާއެކުގައެވެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށާއި، އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބިވަޑައިގަތުމަށް އެދި ދުޢާ ދަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން