ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެވަޑައިގެން، މަރުޙޫމާގެ ޢާއިލާއަށް ރައީސް ޑރ. މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ-

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެވަޑައިގެން، މަރުޙޫމާގެ ޢާއިލާއަށް ރައީސް ޑރ. މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ-

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ 

ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ. 

އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ޚާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ.

މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމާ ޚަދީޖާ އިބްރާހީމް ދީދީ ލަހައްޓަވާށިއެވެ. އާމީން.

- ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޚަދީޖާ އިބްރާހީމް ދީދީއަކީ ސުމުއްވުލައަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އެންމެ ހަގު ދަރިކަނބަލުންނެވެ. ޜާއްޖޭގެ ޞިއްޙީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. ޢަބްދުއްސައްތާރު ޔޫސުފްގެ ފުރަތަމަ އަނބިކަނބަލުންނެވެ.

 

 

މިއަދު އޮންލައިން