މަރުވެފައިވާ މައިންބަފައިންގެ ވާރުތަމުދާ ނުބަހާ ގިނަދުވަސް ވަނީ ވެފައެވެ. އެ މުދާ ނުބެހި ވަނީ އެކި މީހުން އެކި ތަންތާ އުޅެންޖެހުމުގެ ސަބަބުންނެވެ. އެހެންކަމުން އެމީހުންގެ މުދަލުން ޒަކާތް ނެރެންޖެހޭނެތޯއެވެ؟
މިހާރު ވާރުތަމުދާ އެ ބަހާފަ އެމީހަކަށް އެ މިލްކުވާބައި ނިޞާބު ހަމަވަންޏާ އެ ޒަކާތް ނެރެންޖެހޭނެ. މިހާރު ވަރަށްބޮޑެތި މުއްސަނދިން އެބަތިބޭތާ. ވަރަށް ބޮޑެތި މުއްސަނދިން މަރުވެގެން ދާއިރުގަ އެމީހުންގެ އެ ހަމައެކަނި އެމީހުންގެ ވާރުތަ މުދަލުން ލިބޭ ބައިވެސް ނިޞާބު ހަމަވޭއެބަ. ވަރަށް ގިނައިން ހަމަ ހަމަވޭ. އެ ހަމަވެއްޖެއްޔާ ޖެހޭނެ ޒަކާތް ނެރެން. ޒަކާތް ނެރެން ޖެހޭނެ އޭގެން.
ދެން ނުބަހަ ހުރެއްޖެއްޔާ މިހާރު ކިހިނެއްތޯ ހަދާނީ؟ ނުބަހަ ހުރެއްޖެއްޔާ އޭގެން އެއްކޮށް ޒަކާތް ނެރެންޖެހޭނެ ނުބަހަ ހުރެއްޖެއްޔާ. ނުބަހަ ހުރެއްޖެއްޔާ ނެރޭނީ އެއްކޮށް، އެއްމުދަލެއްކަމުގަ ބަލާފަ އޭގެން ޒަކާތް ނެރެން ޖެހޭނެ. އެ ހަމަ ކޮންމެ އަހަރަކުވެސް ނެރެންޖެހޭނެ. މިސާލަކަށް މިއޮއްގެން އަނެއް އަހަރުވެސް އައީ. ހަމަ އެ އަހަރުވެސް ޒަކާތް ނެރެން ޖެހޭނެ އެމުދަލުން އެއްކޮށް ހަމަ. ނުބަހަ ހުރެއްޖެއްޔާ ހަމަ އެއްކޮށް ނެރޭނީ އޭރަށް. ދެން ބަހާފަ ހުރެއްޖެއްޔާ ދެން އެމީހެއްގެ ހިއްސާއިން އެމީހަކު ނެރޭނީ ޒަކާތް.
- ޝައިޚް މުޙައްމަދު އިބްރާހީމް