މިސަރުކާރުން އެހީތެރިކަން ހޯދަން މަސައްކަތްކުރަނީ މިސަރުކާރުން ނެގި ދަރަންޏެއް އަދާކުރާކަށް ނޫން! އިޤްޠިޞާދު ކުރިން ވައްޓާލާފަވާ ފުން އަނދަވަޅުން ސަލާމަތްކުރަން!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
މިސަރުކާރުން އެހީތެރިކަން ހޯދަން މަސައްކަތްކުރަނީ މިސަރުކާރުން ނެގި ދަރަންޏެއް އަދާކުރާކަށް ނޫން! އިޤްޠިޞާދު ކުރިން ވައްޓާލާފަވާ ފުން އަނދަވަޅުން ސަލާމަތްކުރަން!: ރައީސް ޑރ. މުޢިއްޒު

މިސަރުކާރުން އެކިފަރާތްތަކުން އެހީތެރިކަން ހޯދަން މަސައްކަތްކުރަނީ މިސަރުކާރުން ނެގި އެއްވެސް ދަރަންޏެއް އަދާކުރާކަށް ނޫންކަމަށާއި ޤައުމުގެ އިޤްޠިޞާދު ކުރިން ވައްޓާލާފައިވާ ފުން އަނދަވަޅުން ސަލާމަތްކުރަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް ދރ. މުޢިއްޒު ވިދާޅުވީ (ކުރީގެ ސަރުކާރުން ނަގާފައިވާ) ބޮޑު ދަރަނި އަދާކުރުމަށާއި އެހެންވެސް މުހިންމު ދާއިރާތަކުން އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. 

ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ މަޝްރޫތަކެއް މިހާރުގެ ސަރުކާރުން ފަށައިގެން މިހާރުވެސް ކުރިއަށް ގެންދާއިރު ނިމިގެންދިއަ ސަރުކާރުން ޢާމްދަނީ ހޯދަން ކުރިކަމަކީ ރައްޔިތުންގެ އަތުން ނަގާ ޓެކސްތައް ބޮޑުކުރުންކަން ފާހަގަކުރެވެއެވެ.

ދައުލަތަށް މާލީ ގޮތުން ފައިދާކުރާނެ އެއްވެސް މަގެއް ހޯދިފައިނެތްއިރު ބޮޑެތި ޢަދަދުތަކުން ޤައުމު މިވަނީ ދަރުވާލައފައެވެ. އެހެންކަމުން އެފައިސާ ޚަރަދުކުރި ގޮތެއް ހޯދަން ގިނަ ބައަކު ދަނީ އެދެމުންނެވެ.

 

މިއަދު އޮންލައިން