ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ، ސަރުކާރުން އެންމެ އިސްކަމެއް ދެނީ މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމުވެފައި އޮތުމުގެ މައްޗަށް ކަމަށެވެ. މި ވާހަކަފުޅު ރައީސް ދެއްކެވީ އިއްޔެ "ޓައިމްސް އޮފް އިންޑިއާ" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ޗައިނާއާއެކު މާ ގާތްގުޅުމެއް އޮތްކަމުގެ ތުހުމަތު ކުރިނަމަވެސް، ސަރުކާރުން އެންމެ އިސްކަމެއް ދެނީ މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމުވެފައި އޮތުމުގެ މައްޗަށް ކަމަށެވެ. އެގޮތުން، އެކި ދާއިރާތަކުން އެހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން ކުރާ ކަމެއްގެ ސަބަބުން މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ގެއްލުމެއް ނުލިބޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ޒަމާނުއްސުރެ ޤާއިމުވެފައިވާ ރަހުމަތްތެރިކަމާއި އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އިންޑިއާއާއެކު އޮތް ޒަމާންވީ އަދި ވަރުގަދަ ގުޅުމަށް އިސްކަންދެމުން ގެންދާނަން. އެހެން ޤައުމުތަކާއެކު އަޅުގަނޑުމެން ދަމަހައްޓައި ގުޅުންތަކުން، އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ބުރޫނާރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ދަމަހައްޓާނީ "މޯލްޑިވްސް ފަސްޓް ޕޮލިސީ" ކަމަށެވެ. މި ސިޔާސަތުގެ ދަށުން، އިންޑިއާއާއެކު އޮތް ޒަމާންވީ އަދި ވަރުގަދަ ގުޅުމަށް އިސްކަންދެމުން ގެންދާނެކަމަށާއި، އެހެން ޤައުމުތަކާއެކު ދަމަހައްޓާ ގުޅުންތަކުން އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ބުރޫނާރާނެކަމުގެ ޔަޤީންކަން އެބައޮތްކަންވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.