ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ "އަބްލޯ މިޔާދު ޔޫސުފް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށެވެ.

މައުލޫމާތުލިބިފައިވާގޮތުގައި، އިންޒާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓަކަށް ކުރި ކޮމެންޓެއްގައެވެ. 

ފުލުހުންގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ މިފަދަ ޢަމަލުތަކަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށާއި، މިފަދަ ޢަމަލުތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލައާ ގުޅޭގޮތުން އަދި އެއްވެސް ބަޔާނެއް ނެރުއްވާފައެއް ނުވެއެވެ. ނަމަވެސް، ސަރުކާރުގެ އިސް ވެރިންނަށް މިފަދަ އިންޒާރު ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ސިޔާސީ ދާއިރާގެ ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

 

މިއަދު އޮންލައިން