2000 ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް މިއަހަރު ކުޅުދުއްފުށީގައި ފަށާނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
2000 ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް މިއަހަރު ކުޅުދުއްފުށީގައި ފަށާނަން: ރައީސް

2000 ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް މިއަހަރު ކުޅުދުއްފުށީގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އުތުރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހދ.ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް އެ ރަށުގައި މިއަހަރުގެ ތެރޭގައި 2000 ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢެއް ފައްޓަވާނެކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢުއާއެކު ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށެވެ.

"ކުރީ ސަރުކާރުން ފެށި 400 ޔުނިޓް. މިހާރު މަސައްކަތް ހަވާލުކޮށްފައިވާ އިތުރު 1000 ޔުނިޓް އެބައޮތް. އަދި މި ސަރުކާރުގައި ތަރައްޤީކުރާ 2000 ޔުނިޓާއެކު ޖުމްލަ 3400 ހައުސިން ޔުނިޓް މިރަށަށް އަންނާނެ." ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން