ދިވެހީންގެރާއްޖެ ހޯދުމަށް ދިވެހިން ފެށި ދަތުރު ކާމިޔާބުކަމާއެކު ނިންމާލެވޭނީ ޤައުމިއްޔަތާއި ތަރައްޤީގެ ވިސްނުން އިސްކުރައްވާ ކެނޑިޑޭޓުންތަކެއް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ. ނެއްލައިދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަޅުގަނޑުމެން ފާރަވެރިވާން އެބަޖެހޭ. ޤައުމު ދެކެ ލޯބިވާ ރައްޔިތުން މިފެށި މަސައްކަތް. ދިވެހީންގެރާއްޖެއަށް ދެވޭކަން ޔަގީންކުރުމަށްޓަކައި އަދި އެއް މަރުހަލާ އެބައޮތް.. ރައްޔިތުންގެ މަޖިލިސް. ދިވެހީންގެރާއްޖެ ހޯދުމަށްޓަކައި ރިޔާސީ އިންތިހާބުގައި ތިބޭފުޅުން ގޮތް ނިންމެވި. ދިވެހީންގެރާއްޖެ މަޖިލީހަށް އެބަދާންޖެހޭ. މަޖިލިސް ކާމިޔާބުކޮށްގެން ދިވެހީންގެރާއްޖެ ޔަގީންވާނީ" ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވޯޓްދެއްވާއިރު ޤައުމީ އަދި ތަރައްޤީގެ ވިސްނުން އިސްކުރަންޖެހޭކަމަށާއި އެންމެ ވިސްނުންތެރި ނިންމެވުމަކަށް ވާނީ ސަރުކާރާއި އެއް ވިސްނުމެއްގެ ކެނޑިޑޭޓުން މަޖިލީހަށް އިންތިހާބުކުރުން ކަމަށެވެ.