ރައީސް ޑރ މުއިއްޒަކީ ހެޔޮވެރިކަމެއް ކުރުމުގައި އެހެން ބޭފުޅުންނަށް ނަމޫނާއެއް: ވަޒީރު އާދަމް ޝަރީފް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރައީސް ޑރ މުއިއްޒަކީ ހެޔޮވެރިކަމެއް ކުރުމުގައި އެހެން ބޭފުޅުންނަށް ނަމޫނާއެއް: ވަޒީރު އާދަމް ޝަރީފް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަކީ ހެޔޮވެރިކަމެއް ކުރުމުގައި އެހެން ބޭފުޅުންނަށް ނަމޫނާއެއް ކަމަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހދ ނެއްލައިދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެވާހަކަފުޅުގައި ވަޒީރުއާދަމް ޝަރީފް ވިދާޅުވީ ފާއިތުވި ބައިގަރުނުގެ ތެރޭގައިވެސް އޮފީސް ހިންގުމަށް އެއްވެސް ކަމެއް ކޮށްދީފައި ނެތް ރަށްރަށްވެސް އެބަހުރި ކަމަށެވެ.

ހަމައެހެންމެ ރައްޔިތުން ގާތަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ހެޔޮވެރިކަމެއްގައި ފެންނަ ވަރަށް ހާއްސަ ކަމެއް ކަމަށްވެސް ވަޒީރު އާދަމް ޝަރީފް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ރަނގަޅު ގޮތުގައި، ހެޔޮ ގޮތުގައި ވެރިކަމެއް ކުރެއްވުމަށް އެހެން ހުރިހާ ބޭފުޅުންވެސް ނަމޫނާއަކަށް ބަލަން ޖެހޭ ވެރިކަމެކޭ ރައީސުލްޖުމްހޫރިއްޔާ އެ ކުރައްވަނީ،" ރައީސް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ ސަރުކާރެއް ކަމަށެވެ.

މި ސަރުކާރު ހިންގުމަށް މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ބޭނުންވާކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީރައްޔިތުންނަށް ހެވެއް ލާބައެއް ލިބޭނެ ގޮތަށް މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިދައުރުގެ ބާކީ މިއޮތް ދުވަސްތަކުގައިވެސް  ކޮށްފާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.

 

މިއަދު އޮންލައިން