ތަރައްޤީގެ މިސްރާބު ހިފޭނީ ލޯކަލް ކައުންސިލްތައް ބާރިވެރިކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައިސް ވިދާޅުވީ ރައްޔިތުން އެދޭ އަމާޒަށް ތަރައްޤީގެ މިސްރާބު ހިފޭނީ ލޯކަލް ކައުންސިލްތައް ބާރިވެރިކޮށްގެން ކަމަށެވެ.

ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ރައީސް ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނަމުގައި ވުޒާރާއެއްވެސް އުފައްދަވާފައެވެ.