މުރައިދޫ ބަނދަރު ހުއްޓިފައި އޮތީ މަޖިލީހުން ބަޖެޓްގައި ހިމަނާފައި ނެތުމުން: ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މުރައިދޫ ބަނދަރު ހުއްޓިފައި އޮތީ މަޖިލީހުން ބަޖެޓްގައި ހިމަނާފައި ނެތުމުން: ރައީސް

ހއ. މުރައިދޫ ބަނދަރު ހުއްޓިފައި އޮތީ މަޖިލީހުން ބަޖެޓްގައި ހިމަނާފައި ނެތުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މުރައިދޫ ބަނދަރުގެ މަސައްކަތް ލަސްވެފައިވާ ސަބަބާއި ގުޅޭގޮތުން އެ ރަށު މީހަކު އެމަނިކުފާނަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އިރުވައި މޫސުމުގަ އަޅުގަނޑުމެންނަށް ބަނދަރުގެ ދަތިކަމުގެ ސަބަބުން ބަނދަރު އެއްވެސް ހާލަތެއްގަ ބޭނުމެއް ނުކުރެވޭ. ދެން މިހާރު އައި ރާޅާ އެކީގަ ބޭރުތޮށި އެއްކޮން އޮތީ ރޫޅިފަ. ދެން މިހާރު އެ ބަނދަރަށް އަޅުގަނޑުމެން އެބަ ބޭނުންވޭ ދާއިމީ ހައްލެއް." އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ހއ.މުރައިދޫ އަންގޫރުމާގޭ ޙަސަން ރިޔާޝް ރައީސުލްޖުމްހުރިއްޔާއަަށް ދެންނެވި ސުވާލުގައި ބުނެފައިވެއެވެ.

ރިޔާޝްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މިމަސައްކަތް ހުއްޓިފައި އޮތީ މަޖިލީހުން ބަޖެޓް ފާސްކުރިއިރު މަސައްކަތް ކުރިއަށް ގެންދެވޭ ވަރަށް ބަޖެޓްގައި ފައިސާ ހިމަނާފައި ނެތުމުން ކަމުގައެވެ. ރައީސް ވިދާޅުވީ މިފަހަރުގެ ބަޖެޓް ހެދިއިރުގައި މަޖިލީހުން ކޮއްފައި އޮތީ މީގެކުރިން ދުވަހަކު ކޮއްފައިނުވާ ކަމެއް ކަމުގައެވެ.

 

މިއަދު އޮންލައިން