ސަރުކާރުން އިޤްތިޞާދު ކުރިއަރުވައި، ފުޅާކުރެއްވުމަށް ފިޔަވަޅުތައް ނޭޅިނަަމަ ޤައުމު ބަނގުރޫޓުވީސް: ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ސަރުކާރުން އިޤްތިޞާދު ކުރިއަރުވައި، ފުޅާކުރެއްވުމަށް ފިޔަވަޅުތައް ނޭޅިނަަމަ ޤައުމު ބަނގުރޫޓުވީސް: ރައީސް

ސަރުކާރުން އިޤްތިޞާދު ކުރިއަރުވައި، ފުޅާކުރެއްވުމަށް ފިޔަވަޅުތައް ނޭޅިނަަމަ ޤައުމު ބަނގުރޫޓުވީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ ހއ.ބާރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އިޤްތިޞާދު ކުރިއަރުވައި، ފުޅާކުރެއްވުމަށް ފިޔަވަޅުތައް ނޭޅިނަަމަ މިއަދު ރާއްޖޭގެ އިޤްތިޞާދު މާބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްްޓުނީސްކަމަށެވެ. "އެ ފިޔަވަޅުތައް ނާޅާ ތިބިނަމަ މިއަދު ތިބޭނީ ޑިފޯލްޓްވެފައި. ބޭރަށް ދޭންޖެހޭ ފައިސާ ދިނުމުގައި ތިބޭނީ ފެއިލްވެފައި. އަޅުގަނޑުމެން ތިބޭނީ އަރައިނުގަނެވޭނެ ހާލަތަކަށް ގޮސްފައި، ނަމަވެސް ފިޔަވަޅު އެޅުމުން މިއަދު ރަނގަޅަށް ކަންކަން ދަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފައިސާ ޗާޕުކުރަމުންދިޔަނަމަ އިންވެސްޓަރުނެއް ނުލިބޭނެކަމަށާއި، ނަމަވެސް މިހާރު އެޅި ފިޔަވަޅުތަކާއެކު ނަފާ ލިބޭނެކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް ވެސް އޮންނާނެކަމަށެވެ.

 

މިއަދު އޮންލައިން