ސަރފް ބޯޑުން ނަގާ ފީ ކުޑަކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސަރފް ބޯޑުން ނަގާ ފީ ކުޑަކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ރާޅާ އެޅުމަށް ބޭނުންކުރާ ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ކުޑަކޮށްފިއެއވެ.

ރާޅާއެޅުމުގެ ހަރަކާތްތައް ހިންގުމުގައި އުޅޭ ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ރައީސަށް ދެންނެވި ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ބޮޑުކަމަަށެވެ. އަދި ފީ ބޮޑުކަމުން ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދަތިތަކެއް ކުރިމަތިވާކަމަށްވެސް އަހުމަދު ރަޝީދު ރައީސަށް ދެންނެވިއެވެ. 

އަހުމަދު ރަޝީދަށް ރައީސް ދެއްވީ، ސަރފް ބޯޑު އުފުލުމަށް ނަގާ ފީ ކުޑަކުރައްވާނޭކަމުގެ ޔަގީންކަމެވެ.

ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް މާ ގިނަ ދުވަހެއް ނުންނަގަވައި، އެ ވައުދު މިހާރު ފުއްދަވައިދެއްވާފައެވެ. އެގޮތުން ރާޅާ އެޅުމަށް ބޭނުންކުރާ ކަނދުން ނަގާ ފީ ކުޑަކުރުމަށް ނިންމައި، ޤައުމީ އެއަރލައިނުން މިހާރު ވަނީ އެކަން އިއުލާންކުރައްވާފައެވެ.

ޤައުމީ އެއަރލައިނުން ބުނީ ރާޅާ އަޅާ ކަނދުގެ ތެރެއިން ބޮޑެތި ކަނދު ތަކުން ނަގާ ފީ 33 އިންސައްތަ ކުޑަކޮށްފައިވާކަމަށެވެ. އަދި ކުދި ކަނދުން ނަގާ ފީ 66 އިންސައްތަ ކުޑަކޮށްފައިވާކަމަށްވެސް ޤައުމީ އެއަރލައިނުން ބުނެއެވެ.

މިއަދު އޮންލައިން