މިޙަދީޘްފުޅު އޮތްކަން އެނގި، އެކަން ޤަބޫލުކުރެވޭނަމަ ކޮންމެ މުސްލިމަކުވެސް ބަންގީގެކުރިން މިސްކިތަށް އަރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
މިޙަދީޘްފުޅު އޮތްކަން އެނގި، އެކަން ޤަބޫލުކުރެވޭނަމަ ކޮންމެ މުސްލިމަކުވެސް ބަންގީގެކުރިން މިސްކިތަށް އަރާނެ!

އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا، وَلَوْ يَعْلَمُونَ مَا فِي التَّهْجِيرِ لاَسْتَبَقُوا إِلَيْهِ، وَلَوْ يَعْلَمُونَ مَا فِي العَتَمَةِ وَالصُّبْحِ، لَأَتَوْهُمَا وَلَوْ حَبْوًا». [رواه البخاري برقم: 618] 

މާނައީ: "މީސްތަކުންނަށް ބަންގިއާއި، ފުރަތަމަ ޞަފުގެ މާތްކަން އެނގޭނަމަ (އެކަންކުރުމަށްޓަކައި) އެބައިމީހުންގެ މެދުގައި ގުރުއަތުލުން ފިޔަވާ އެހެންގޮތެއް ނެތްނަމަ ގުރުއަތުލައިގެންވެސް އެކަންތައް ކުރީހެވެ. އަދި ނަމާދުގެ ތަކުބީރުގެ މާތްކަން އެނގޭނަމަ (ނަމާދަށް ދިއުމަށް) އެބައިމިހުން އަވަސްވެގަތީހެވެ. އަދި ޢިޝާ ނަމާދާއި ފަތިސް ނަމާދުގެ މާތްކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައިވިޔަސް (އެދެ ނަމާދަށް) އައީހެވެ.  

ޖަމާޢަތުގައި ނަމާދުކުރުމުގެ މުހިންމުކަމާއި ކުރީސަފުން (އެހެން މީހުންނަށް އުނދަގޫނުކޮށް) ޖާގަހޯދުމާއި ނަމާދަކީ އެމީހަކު ކުރާނެ ވަގުތަކު ކުރަން އޮތްކަމެއް ނޫންކަމާއި ވީހާއަވަހަކަށް ކުރަންޖެހޭ ކަމެއްކަން މިޙަދީޘްފުޅުން އެނގިގެންދެއެވެ. 

ހަމައެއާއިއެކު މާފަހުން މިސްކިތަށް އަރައި ސަފުތައް ފަޅަމުން ކުރިއަރައި ކުރިސަފުގައި ތިބޭ މީހުން ފިއްތާލައިގެން ޖާގަހޯދުމެއްވެސް ނެތެވެ. އެގޮތަށް ކަންތައްކުރާ މީހާ ދަންނާށެވެ! ތިބާ ކުރީ ސަފުން ޖާގަހޯދިގޮތްވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ވީމާ ކުރީސަފުން ޖާގަ ހޯދަން ބޭނުންވާ މީހާ ކުރިޢާލައި މިސްކިތަށް އަރައި ރިވެތިގޮތުގައި ޖާގަހޯދާށެވެ. 

ޙަދީޘްފުޅުގައި އެއޮތީ ގަދަބަދަވިކަން ދައްކައި އެހެން މީހުންނަށް އުނދަގޫކޮށްގެން ޖާގަހޯދާކަށް ނޫނެވެ. މިޘާލަކަށް ބުނާނަމަ ގުރުއަތުލާންވީ އެއް ޖާގަ އޮވެފައި ދެމީހަކަށް އެކުގައި ދެވިއްޖެނަމަ އެ 2 މީހުންގެ މެދުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން