ވީއައިއޭ ތަރައްޤީގެ ބިޔަ މަޝްރޫޢު ރައީސް ފަށްޓަވައިދެއްވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ވީއައިއޭ ތަރައްޤީގެ ބިޔަ މަޝްރޫޢު ރައީސް ފަށްޓަވައިދެއްވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ. ވީއައިއޭ ތަރައްޤީކުރަނީ އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރަށެވެ.

މި މަޝްރޫޢު ނިމޭއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލުން ބުންޏެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރެވެ.

މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫޢެއްކަމަށާއި، މިއާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހަމައެކަނި ފަތުރުވެރިން ރާއްޖެއަށް ވަދެގެން އަންނަ އަދި ނުކުމެގެންދާ ދޮރާށީގެ ގޮތުގައި އޮތް އޮތުން ބަދަލުވެގެންދާނެކަމަށް އެމްއޭސީއެލުން ބުންޏެވެ. 

މިއީ ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ މިންގަނޑުތަކަށް ފެތޭ ފެންވަރަށް ތަރައްޤީކުރާ ތަނެކެވެ. މި މަޝްރޫޢުގެ ދަށުން ޑޮމެސްޓިކް ޓަރމިނަލް 35000 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑު ކުރެވޭނެކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ. މިހާރު ޑޮމެސްޓިކް ޓާރމިނަލުން ޚިދުމަތް ދެވެނީ ގަޑިއަކު 300 މީހުންނަށެވެ. ނަމަވެސް މި މަޝްރޫޢު ނިމޭއިރު ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކަށް 8 ގޭޓު ހުންނާނެކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

މިއަދު އޮންލައިން