ޔޫޝަޢުގެފާނު ވާހަކަ- 8: ޚަޟިރުގެފާނުގެ ވާހަކަ އާއި ޔޫޝަޢުގެފާނު 4

ކިޔުމަށް ހޭދަވާނީ 2މ 12ސ
ޔޫޝަޢުގެފާނު ވާހަކަ- 8: ޚަޟިރުގެފާނުގެ ވާހަކަ އާއި ޔޫޝަޢުގެފާނު 4

ޢަލީ އިޙްޞާން ފިރާޤް

 

ޞަޙީޙުލް ބުޚާރީގެ ނަބީބޭކަލުންގެ ވާހަކަ ނަންގެން ފޮތުގައި، ރިވާ ކުރައްވައިފައިވެއެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. 

"‏ إِنَّمَا سُمِّيَ الْخَضِرُ أَنَّهُ جَلَسَ عَلَى فَرْوَةٍ بَيْضَاءَ فَإِذَا هِيَ تَهْتَزُّ مِنْ خَلْفِهِ خَضْرَاءَ ‏" { صحيح البخاري، كتاب أحاديث الأنبياء، باب حَدِيثِ الْخَضِرِ مَعَ مُوسَى ـ عَلَيْهِمَا السَّلاَمُ، ޙަދީޘް ނަންބަރު 3402} 

މާނައީ: [ޚަޟިރުގެފާނަށް އެނަމުން ނަންދެވިގެންވަނީ، އެކަލޭގެފާނު ހަނަފަސް ބިމެއްގައި އިށީންދެވަޑައިގެންފިނަމަ، އެތަނަކުން ގަސްފަޅައި އެތަނަށް އާރޯކަމާއި ދިރުން ލިބިގެން ދާތީއެވެ.] 

ޔޫޝަޢުގެފާނުގެ ޙަޔާތްޕުޅާ ބެހޭ ގިނަ މަޢުލޫމާތެއް އިސްލާމީ ތާރީޚުގެ ފޮތްތަކުގައި ޞައްޙަކޮށް ރިވާވެގެން އައިސްފައެއްނެތެވެ. 

އަވަހާރަވުން

އަލަޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވާ އަލްބިދާޔަތު ވައްނިހާޔަތުގައި ވިދާޅުވެފައިވެއެވެ. ބައިތުލްމަޤުދިސް ފަތަޙަ ކުރެއްވުމަށްފަހު يوشع عليه السّلام ބަނީއިސްރާއީލުބާގައިގެ މީސްތަކުންގެ އަރިހުގައި މުއްދަތެއްވަންދެން ހުންނެވިއެވެ. ތައުރާތުގެ ޙުކުމުތައް އެބައިމީހުންނަށް އަނގަވައިދެއްވައި، ތައުރާތުގައިވާ ގޮތުގެ މަތީން ޙުކުމް ކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވީ އުމުރުފުޅުން 127 އަހަރުފުޅުގައެވެ. {އިބްނު ކަޘީރު، އަލްބިދާޔާ ވައްނިހާޔާ، ދެވަނަ ޖިލްދު، ޞަފްޙާ 242} 

- އަދި ނުނިމޭ

މިއަދު އޮންލައިން