ތިމާގެ ޖީބުން އެއްވެސް ޚަރަދެއް ނުކޮށް އެކުވެރިންނަށާ ތިމާގެ މީހުންނަށް ފޮނުވިދާނެ، ރަޙްމަތުން ފުރިގެންވާ އެންމެ އަގުބޮޑު އެއް ހަދިޔާ-!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ތިމާގެ ޖީބުން އެއްވެސް ޚަރަދެއް ނުކޮށް އެކުވެރިންނަށާ ތިމާގެ މީހުންނަށް ފޮނުވިދާނެ، ރަޙްމަތުން ފުރިގެންވާ އެންމެ އަގުބޮޑު އެއް ހަދިޔާ-!

މީހަކު އޭނާގެ އެކުވެރިޔާއަށް ހަދިޔާއެއް ފޮނުވުމަށްފަހު ގުޅާފައި ފޮނުވި ހަދިޔާ ލިބިއްޖެތޯ ސުވާލުކުރުމުން އެކުވެރިޔާ ބުނީ ލިބިއްޖެ ކަމަށާއި އެއަށްވުރެ މާއަގު ބޮޑު ހަދިޔާއެއް ފޮނުވައިފިން ކަމަށެވެ. 

ދޮޅުލައްކަ ޑޮލަރުގެ އަގުހުރި ރޮލެކްސް އަތުކުރިގަޑިއަކަށްވުރެ އަގުބޮޑު އެއްޗަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ ހުޅުވައިގެން ބަލައިލުމަށެވެ. 

ހުޅުވައިގެން ބަލައިލިއިރު އޮތީ سبحان الله وبحمده سبحان الله العظيم ލިޔެފައި އޮތް ކަރުދާސްކޮޅެކެވެ. އެވާހަކަ އެކުވެރިޔާ ގާތު ބުނުމުން ބުންޏެވެ. "ޙަދީޘްފުޅުގައި އޮތީ ކިޔުމުން އެމީހަކަށްޓަކައި ސުވަރުގޭގައި ﷲ ތަޢާލާ ކަދުރުރުކެއް އިންދަވައި ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބަ އޮތް ކަމަށެވެ. 

އެއަށްވުރެ ބޮޑު ހަދިޔާއަކީ ކޮބައިހެއްޔެވެ؟ 

· Prophet Mohammad said:

· "For him who says, 'SubanAllahi wa bihamdihi, a palm tree will be planted in jannah [Tirmidhi] 

- މިއީ ސޯޝަލް މީޑިއާއިން ފެނުނު ވީޑިއޯ ކޮޅެކެވެ.  

سبحان الله وبحمده سبحان الله العظيم ކިޔުމުން ލިބޭ ބައެއް އިތުރު ފައިދާ: 

- ފާފަ ފުއްސަވައި ދެއްވެވުން

- ﷲ ތަޢާލާ މަތިން ހަނދުމަކުރާ މީހަކުކަމުގައިވުން

- ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ކަލިމަތަކެއް ޛިކުރުކުރެވުން

- ދަތި އުނދަގޫ ކަންކަން ކުރަން ފަސޭހަވުން

- އީމާންކަން ވަރުގަދަވުން

- ދެއްވަވާ ރިޒްޤްގައި ބަރަކާތް ލެއްވެވުން

- މާލީ ދަތިތަކުން އަރައިގަންނަން ފަސޭހަވުން

މިއަދު އޮންލައިން