އެންމެ ދެރަވާނީ އެމީހަކު އެބައަކު ދެކެ އެންމެ ލޯބިވާ މީހުންނާ ގާތް އެކުވެރިންގެ ފަރާތުން ހިތްދަތިކަމާ އަނިޔާލިބުމުން ނަމަވެސް އެކަމެއް ނުހުއްޓުވޭނެ! ޙައްލަށް ވިސްނަމާ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ
އެންމެ ދެރަވާނީ އެމީހަކު އެބައަކު ދެކެ އެންމެ ލޯބިވާ މީހުންނާ ގާތް އެކުވެރިންގެ ފަރާތުން ހިތްދަތިކަމާ އަނިޔާލިބުމުން ނަމަވެސް އެކަމެއް ނުހުއްޓުވޭނެ! ޙައްލަށް ވިސްނަމާ!

ޤަބޫލުކުރަންޖެހޭނެ ކަމަކީ ހިތްދަތިކަން އެންމެ ބޮޑަށް ލިބެނީ ތިމާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހުންނާއި އެންމެ ގާތް އެކުވެރިންގެ ފަރާތުން އަނިޔާލިބުމުން ކަމަށްވީނަމަވެސް އެއީ ހުއްޓުވޭނެކަމެއް ނޫންކަމެވެ! ވިސްނަންވީ އެކަން ޙައްލުކުރާނެ ގޮތަކަށެވެ! އެކަމުން ތިމާއަށް ކުރާ އަސަރު ވީހާ ކުޑަކުރެވޭނެ ގޮތަށެވެ. 

އަހުރެންގެ ވިސްނުމުގައި އެފަދަ ކަންކަމަށް އޮތް ޙައްލަކީ އެފަދަ ގޮތެއް މެދުވެރިވިނަމަވެސް އެހައިބޮޑަށް ދެރަނުވުމެވެ. އަދި އެފަދަ ކަންކަމަށް އެހައިބޮޑަށް ސަމާލުކަންވެސް ނުދިނުމެވެ. އެއީ ދުނިޔޭގެ އާދަކަމާއި އެފަދަ ކަންކަން މެދުވެރިވާނެ ކަމަށް ޤަބޫލުކުރުމެވެ. 

ހިތަށް ޙަޤީޤީ އުފާވެރިކަމެއް ހޯދައިދެވޭނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމުގައިވާއިރު އެކަލާނގެ ޙަޟްރަތުން މަދަދާއި ވާގިއެދުން ގިނަކުރާށެވެ! ތިބާގެ ހިތަކީ ﷲ ތަޢާލާގެ ޙަޟްރަތުން ލޯބިލިބިގެންވާ ހިތެއްކަމުގައި ވެއްޖެނަމަ އެންމެ ލޯބިވާ މީހުންނަށްވެސް އަދި އެންމެ ގާތް އެކުވެރިންނަށްވެސް ދެވޭނެ އެއްވެސް ދެރައެއް ނުއޮންނާނެއެވެ! 

ވީމާ ހުރިހާ ސަމާލުކަމެއް ﷲ ތަޢާލާއަށް ދޭށެވެ! ތިމާ މާޔޫސްވާންޖެހޭނެ ކަންކަމުންނާއި އަދި ހިތްދަތިވާންޖެހޭނެ ކަންކަމުން ސަލާމަތްކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން