މި (ޕްރޮވިޑެންޓް ފަންޑް) މުޢާމަލާތުގައި ދެގޮތެއްވެއެވެ.
1. މަސައްކަތް ކުރާ ތަނުން މުވައްޡަފުގެ މުސާރައިން ބައެއް ކެނޑުމަށްފަހު، އަމާނާތެއްގެ ގޮތުގައި އެމީހުންގެ އަތުގައި ފޮރުވާފައި ބެހެއްޓުން. އަދި އެފައިސާ އިން އިތުރު އެއްވެސް ކަމެއް ނުކުރުން. އަދި މުވައްޡަފަށް ފަހުން ލިބޭ ބަޔަކީ އެމީހުންގެ އަތުން ކެނޑި ޢަދަދަށްވުރެ ބޮޑު ޢަދަދަކަށްވުން. މިއީ ހަދިޔާ އެއްގެ ގޮތުން ނުވަތަ އެހީތެރި ކަމެއްގެ ގޮތުން ދެވޭ އެއްޗެކެވެ. މި ޙާލަތުގައި މިފަދަ މުޢާމަލާތަކީ ހުއްދަ އެއްޗެކެވެ.
2. މަސައްކަތް ކުރާ ތަނުން މުވައްޡަފުންގެ މުސާރައިން މިންވަރެއް އޮފީހަށް ނެގޭ ދަރަންޔެއްގެ ގޮތުގައި ކެނޑުން. އަދި އޮފީހުން ބޭނުންވާ ވިޔަފާރިއެއްގައި އެފައިސާ ބޭނުން ކުރުން. މި ޙާލަތުގައި އޮފީހުގެ ފަރާތުން ދޭ އިތުރުބައި ބެލެވޭނީ ރިބާގެ މުޢާމަލާތެއް ކަމުގައެވެ. ސަބަބަކީ އޮފީހުގެ ފަރާތުން އިތުރަށްދޭ ބައި ދެނީ އެމީހުން މުވައްޡަފުންގެ އަތުން ނެގި ދަރަންޏެއްގެ ބަދަލުގައި ކަމަށްވާތީވެއެވެ. ދަރަންޏަށް ފައިސާ ނެގުމަށްފަހު، އަނބުރާ ދައްކާއިރު އިތުރަށް ދައްކާނަމަ އެވާނީ ރިބާ އަށެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް