ލޭ ރައްކާކުރުމާއި ލޭ އެޅުމާ ގުޅޭ ޤައުމީ ދެ އުސޫލެއް ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ލޭ ރައްކާކުރުމާއި ލޭ އެޅުމާ ގުޅޭ ޤައުމީ ދެ އުސޫލެއް ތަޢާރަފުކޮށްފި

ރާއްޖޭގައި ލޭ ރައްކާކުރުމާއި ލޭ އެޅުމުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ޚާއްޞަ ދެ އުސޫލެއް ތަޢާރަފުކޮށްފިއެވެ. މި އުސޫލުތައް އިފްތިތާޙުކޮށްފައިވަނީ މިކަމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މި ދެ އުސޫލު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ. މިއަދު ތަޢާރަފުކުރި ދެ އުސޫލަކީ "ނެޝަނަލް ބްލަޑް ބޭންކް ސްޓޭންޑަޑްސް" އަދި "ޑޯނާ ސިލެކްޝަން ކްރައިޓީރިއާ" އެވެ.

ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އުސޫލުތަކުގެ ސަބަބުން ރައްކާތެރިކަމާއެކު ލޭ ރައްކާކުރުމާއި ލޭ އެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ލޭ ހަދިޔާކުރާ ފަރާތްތަކާއި ލޭ އަޅާ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުވެ، ލޭ އެޅުމުގައި ޢަމަލުކުރާ މިންގަނޑުތައް ޒަމާނީ ފެންވަރަކަށް ބަދަލުވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.

މި އުސޫލުތައް އެކުލަވައިލުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން ސިއްޙީ ވުޒާރާއިން ވަނީ، ނެޝަނަލް ބްލަޑް ކައުންސިލްގެ މެންބަރުންނާއި، ޓެކްނިކަލް ވޯކިން ކޮމިޓީތަކުގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އަދި ބައިނަލްއަޤްވާމީ ބައިވެރިން ވެދެއްވި އެއްބާރުލުމާއި އެހީތެރިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން