އަންހުނުން ގުރްއާން ކިޔެވުމަށް ބޮލުގައި ބުރުގާ އެޅުން ލާޒިމެއް ނޫނެވެ. އެކަމަށް ދަލާލަތު ކުރާނެ ދަލީލެއް އައިސްފައެއް ނުވެއެވެ.
ޝައިޚް ޢުޘައިމީންގެ ފަތާވާގެ 1/420 ގައި އައިސްފައިވެއެވެ. "ގުރްއާން ކިޔެވުމަށް ބޯނިވާ ކުރާކަށް ނުޖެހެއެވެ. އެކަމަށް ދަލީލެއް އައިސްފައި ނުވާތީއެވެ. އަދި މިގޮތަށް ކިޔަވަމުން ދަނިކޮށް ތިލާވަތުގެ ސަޖިދަ އެއް އަތުވެއްޖެނަމަ ބޯނިވާ ނުކޮށް ހުރެ ސަޖިދަ ކުރުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ ތިލާވަތުގެ ސަޖިދަ އަކީ ނަމާދު ގެ ޙުކުމް ލިބޭ އެއްޗަކަށް ނުވާތީއެވެ. والله أعلم.
3 ސުވާލާ އެއިގެ ޖަވާބު:
ފިރިމީހާ އެދުމުގެމަތިން ފިރިމީހާ ހިތްހަމަޖެއްސުމުގެގޮތުން އަނބިމީހާގެ ވަނާތައް، ތަފާތުކްރީމްތައް ބޭނުންކޮށްގެން ބޮޑުކުރެވިދާނެތޯއެވެ؟
އެންމެ ރަނގަޅީ ބޭސް ބޭނުންކުރުމަށް ވުރެ މިދެކަމުގައިވެސް ބޭސް ބޭނުންނުކުރުމެވެ. އެހެންނަމަވެސް އުރަމަތި އާދަޔާއި ޚިލާފަށް ކުޑަކަމުގައި ވާނަމަ ފިރިމީހާގެ އެދުމުގެ މަތީން މިކަހަލަ ކަމެއް ކުރުމަކީ އެއްމެ ރަނގަޅުކަމެކެވެ.
ދެން އެދުންވެރިކަން ފުރިހަމަޔަށް ނުއަންނަ ކަމުގައި ވަނީނަމަ އެކަމަށްވެސް ބޭސް ބޭނުން ކުރުމަކީ ހުއްދަކަމެކެވެ. އެހެންނަމަވެސް ބޭހަކީ އޭގައި ސައިޑްއިފެކްޓްސް" ހުންނަ އެއްޗަކަށް ވާތީ މިކަމުގައި ކަމާ ބެހޭ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. والله أعلم
އިސްތަށިފެއިބުން ހުއްޓުވުމަށް ނުވަތަ އިސްތަށި އަލުންފެޅުވުމަށް ކްރީމް ބޭނުންކުރެވިދާނެތޯ؟
ތިޔަކަންތަކުގައި ބޭނުން ކުރެވޭ ބޭހުގެ ސަބަބުން އިތުރުގެއްލުމެއް ނުވާނެނަމަ މައްސަލަ އެއް ނެތެވެ. والله أعلم
ޟުޙާ ނާމަދުގެ ފުރުތަމަ ރަކުއަތުގައި 10 ފަހަރު ކުރުސި އަދި ފަހު ރަކުއަތުގައި 11 ފަހަރު އިޚްލާސް ސޫރަތް ކިޔެވުން އެއީ ސުންނަތުން ސާބިތުވާ ކަމެއްތޯއެވެ؟
ސުވާލުގައި ބަޔާން ކުރެވިގެންވާ ކަންތައްތަކަކީ ސުންނަތުން ޘާބިތުވާ ކަންތަކެއް ނޫނެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް