ކިތަންމެ ފަޤީރު މީހާގެ ގޭގައިވެސް އުކާލަންޖެހޭ ކުނި ހުންނާނެއެވެ. ވެމްކޯއިން ކުނި ނަގަނީ ކޮތަޅުގައި ބަންދުކޮށްފައި ހުރިނަމައެވެ. އެހެންކަމަށްވާއިރު ކުނިއަޅާ ކޮތަޅުން ސަރުކާރަށް ފައިސާ ނަފަންފެށުމުގެ ކުރިން ކުނި އަޅާނެ ޕްލާސްޓިކް ކޮތަޅެއް ވަސީލަތެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ގިނަބއަކު ދެކެއެވެ.
"ބާޒާރުކުރަން ފޮތިކޮތަޅެއް ހިފައިގެން ދެވިދާނެއެވެ. ނަމަވެސް ކުނިއަޅާނީ ކޮން އެއްޗަކަށްތޯއެވެ؟ އެފަދަ ގޮތެއް ހަމަޖައްސައި ނުދީ ސަރުކާރުން ކޮތަޅުން ފައިސާ ނަގަން ފެށީމާ 2 ރުފިޔާއަށް ގަންނަން ލިބުނު ކޮތަޅެއްގެ އަގު 4 ރުފިޔާއަށް ބޮޑުވެއްޖެ! ޑަސްޓްބިން ބޭގެއްގެ އަގު 7 ރުފިޔާއަށް ބޮޑުވެއްޖެ!"
"މިއީ ސަރުކާރަށް ބާރު ލިބިފައި އޮތުމުން ރައްޔިތުންގެ އަތުން ފައިސާ ގަދަކަމުން އަތުލުން ނޫން އެހެން ކޮންކަމަކަށްތޯވާނީ؟ ފޭރުމޭ ބުނެފިނަމަ ބުނެފިނަމަ ބުނާނީ ޤާނޫނެއްގެ ދަށުން ކުރާ ކަމެކޭ! ޤާނޫނެއް ހަދައިގެންވެސް ގަދަކަމުން މިގޮތަށް ފައިސާ އަތުލުން ވާނީ ކޮންކަމަކަށްތޯ؟ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އާ ސުވާލުކޮށްލަން ބޭނުން!"
މިއީ ބައެއް މީހުން މިކަމުގައި ބުނެފައިވާ ބަސްތަކެވެ.