ރޭ ތަރާވީޙް ނަމާދުކުރުވުން- މިއީ ހަމަ ރަނގަޅަށް ކުރެވުނު ކަމެއްކަމާއިމެދު ސުވާލު އުފެދިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ރޭ ތަރާވީޙް ނަމާދުކުރުވުން- މިއީ ހަމަ ރަނގަޅަށް ކުރެވުނު ކަމެއްކަމާއިމެދު ސުވާލު އުފެދިއްޖެ!

"އަޅުގަނޑު ޢިޝާ ނަމާދަށް އެރީ ނޫރު މިސްކިތަށް. ޢިޝާ ނަމާދު ނިމުނުތަނުން، މިސްކިތުގައި އިންނެވި އިސްލާމިކް މިނިސްޓްރީގެ ބޮޑު ބޭފުޅަކު މިނިސްޓްރީއަށް/ މިނިސްޓްރީގެ ބޭފުޅަކަށް ގުޅުއްވާފަ ވިދާޅުވީ ހަނދު ފެނިއްޖެއޭ. އެހެން ވިދާޅުވެފަ އެބޭފުޅާ ތަރާވީޙް ނަމާދު ނުކުރައްވާ ފައިބާވަޑައިގަތީމާ ގިނަ ބައަކު ފަހަތުން ފޭބި." 

މިހެން ވިދާޅުވީ ފަސް ނަމާދު ކުރީސަފުގައި ކުރައްވާ، ޖަނާޒާތަކަށް ވަޑައިގަންނަވާ ގިނަ ދުވަސްތަކެއްވަންދެން ޓީޗަރުކަންވެސް ކުރެއްވި އިތުބާރު ހިފޭ ބޭފުޅެކެވެ. މިނިސްޓްރީގެ ބަހެއް ހޯދަން ނުގުޅީ މިއަދުނޫހުން ކުރާ ކޯލްތަކަށް މިނިސްޓްރީގެ އެއްވެސް ބޭފުޅަކު ޖަވާބު ނުދެއްވާތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުމުންނެވެ.

 

މިއަދު އޮންލައިން