މިރަމަޟާން މަހު މިހާތަނަށް ޙަރަމްފުޅަށް ޒިޔާރަތްކުރި 22 މިލިއަން މީހުންނަށާ ރަމަޟާން މަސް ލިބިގަތުމަށް މަސައްކަތްކުރާ އެންމެންގެ ފާފަ ފުއްސަވައިދެއްވަވާށި! ޢާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
މިރަމަޟާން މަހު މިހާތަނަށް ޙަރަމްފުޅަށް ޒިޔާރަތްކުރި 22 މިލިއަން މީހުންނަށާ ރަމަޟާން މަސް ލިބިގަތުމަށް މަސައްކަތްކުރާ އެންމެންގެ ފާފަ ފުއްސަވައިދެއްވަވާށި! ޢާމީން

ލިބެމުންދާ ޚަބަރުތަކަށް ބަލާއިރު މި ރަމަޟާންމަހުގެ މިހައިތަނަށް 22 މިލިއަންނަށްވުރެ ގިނަ މީހުން މައްކާގެ ޙަރަމްފުޅަށް ޒިޔާރަތްކޮށްފިއެވެ. ދުޢާއަކީ ޙަރަމްފުޅަށް ޒިޔާރަތްކުރުމުގެ ނަޞީބުލިބޭ އެންމެންނަށާއި އަދި ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ހޯދަން މަސައްކަތްކުރަމުން ގެންދާ އެންމެންގެ ފާފަތައް ފުއްސަވައިދެއްވަވައި ނަރަކައިން މުއްތިކުރައްވަވައި ސުވަރުގެ މިންވަރުކުރެއްވެވުމެވެ. އާމީން 

ޚަބަރު ލިބޭގޮތުން މީހަކަށް ވެވޭނީ އެއް ޢުމްރާކަމަށް ޤަވާޢިދު އިޢުލާނުކޮށްފައި އޮތް ނަމަވެސް އަދި އެޤަވާޢިދަށް އަމަލެއް ނުކުރެއެވެ. ބެލެވެނީ އެއީ މީހުން ގިނަވެ ފުރިބާރުވެއްޖެނަމަ ޢަމަލުކުރުމަށް ތައްޔާރުވެފައި އޮތް އޮތުމެއް ކަމަށެވެ. އަދި ޙަރަމްފުޅުގެ މަތީބައިތަކުގައި ޠަވާފްކުރުމުގެ ފުރުޞަތުވެސް އޮތީ ހަމަ ޢާންމުކޮށް ހުޅުވާލެވިފައެވެ. 

ބެލެވޭ ގޮތުން މިއަހަރު ވެގެންދާނީ ފަހުގެ ތާރީޚުގައި އެންމެ ގިނަ ބައަކު ޢުމްރާވާ ރަމަޟާން މަސް ކަމުގައެވެ. ސަޢުދީ ޢަރަބިޔާއިން ޢަދަދުތަކާއިބެހޭ ރަސްމީ ބަހެއް އަދި މިހައި ތަނަށް ބުނިކަން އެނގިފައެއް ނެތެވެ.

މިއަދު އޮންލައިން