ޢިބްރަތްތެރި ވާހަކަ: ކުށެއް ނެތި ދަންވަރު އަނބިމީހާ ވަރިކޮށް ގެއިން ބޭރުކޮށްލި ފިރިމީހާ ނިކަމެތިވެ މަގުމަތިވެ ސަލާންޖަހަންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ޢިބްރަތްތެރި ވާހަކަ: ކުށެއް ނެތި ދަންވަރު އަނބިމީހާ ވަރިކޮށް ގެއިން ބޭރުކޮށްލި ފިރިމީހާ ނިކަމެތިވެ މަގުމަތިވެ ސަލާންޖަހަންޖެހުނު ގޮތުގެ ވާހަކަ-

"އަޅުގަނޑަކީ ވަރަށް ނިކަމެތި އަންހެނަކީމެވެ. މައިންބަފައިން ވަނީ ނިޔާވެފައެވެ. އެމީހުންގެ އަމިއްލަ ގެދޮރެއްވެސް ނެތެވެ. ކައިވެންޏަށް 5 އަހަރެވެ. ފިރިމީހާ މިހާރު އުޅެނީ އަޅުގަނޑު ކަމުނުގޮސްގެންނެވެ. އިންނަން ޖެހެނީ ކޮންމެ ވަގުތަކުވެސް ވަރިކޮށްލައިފާނެ ކަމުގެ ބިރުވެރިކަމުގައެވެ. 

އަޅުގަނޑުގެ އެކުވެރިންނެއްވެސް ނުތިބެއެވެ. އަޅުގަނޑަކީ ދުވަހަކުވެސް ތިމާގެ މީހެއްގެ އެހީތެރިކަމެއް ލިބުނު އަންހެނަކީމެއް ނޫނެވެ. ވަރިކޮށްލައިފިނަމަ މަގުމަތިވާނެއެވެ. މިޙާލަތުގައި އަޅުގަނޑު ވަރިކޮށްލައިފިނަމަ ކަންތައް ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟" 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އަދި ވަރި ނުކުރޭނޫން ހެއްޔެވެ؟ ތަޤްވާވެރިކަން އިތުރުކޮށް ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ މިންވަރުކުރައްވަވާނެ ރަޙްމަތެއް ނުއެނގޭނެއެވެ. ދެން އޮތީ ވަރިކުރުމެވެ. ﷲ ތަޢާލާއަށް ފިރިހަމަ ގޮތުގައި ވަކީލްކޮށްގެން އިންދައި ވަރިކުރިނަމަވެސް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެތެވެ. އިން ޝާ ﷲ. 

ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލްކުރާށެވެ! 

އާދައިގެމަތން އެރޭ ވެސް 11 ޖަހަންދެން ފިރިމީހާ ގެއަށް އާދޭތޯ އިންތިޒާރުކުރީމެވެ. ވަރުބަލިވެގެން ނިދުނީ 11 ޖެހިފަހުންނެވެ. 

ހޭލެވުނީ ފިރިމީހާ ގެއަށް އައިއިރު ކާން ހަދާފައި ހުރި އެއްޗެތި ހިހޫވެގެން އަޑުގަދަކުރަން ފެށުމުންނެވެ. އެގޮތަށް އަޑުގަދަކުރުމަކީ ޢާންމުކަމެކެވެ. ނަމަވެސް އެރޭ ތަފާތުކަމެއް ހިނގިއެވެ. އެއީ ކާތަކެތި ހޫނުކުރަންވެސް ފުރުޞަތު ނުދީ ވަރިކޮށްލާފައި ގެއިން ނެރެލުމެވެ. 

އެއިރު މެންދަމުން އަލިވެ 1 ޖަހަނީއެވެ. ވަރަށް ދެރަވިއެވެ. މައިންބަފައިން ދިރިއުޅެނީ 400 ކިލޯމީޓަރު ދުރުގައެވެ. ރޭލެއް އެންމެ އަވަހަށްވެސް ލިބޭނީ ފަތިހުއެވެ. މަގުމަތިން އޮޓޯއެއް ލިބުމަކީވެސް އުނދަގޫކަމެކެވެ. ލިބުނު ނަމަވެސް ކުރިމަތިވެދާނެ ޙާލަތު ހަމައެހައިމެ ބިރުވެރިއެވެ. 

މަގުމަތީގައި މަޑުކޮށްލައިގެން ހުއްޓައި ކާރެއް މަޑުކޮށްލިއެވެ. ބިއްލޫރި ތިރިކޮށްލާފައި ބުނީ އަރާށެވެ! އިތުރު ސުވާލެއްވެސް ނުކުރެއެވެ. ކޮންމެފަދަ ގޮތެއް މެދުވެރިވިނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކޮށްގެން، ﷲ އަށް ވަކީލުކޮށްގެން ކާރަށް އެރީމެވެ. 

އޭނާ އަހަރެން ގެންދިއައީ ވަރަށް ބޮޑު ގެއަކަށެވެ. ގެންދިއުމަށްފަހު ސެކިޔުރިޓީއަށް ހުރި މީހާގާތުގައި ބުނީ އަހަރެން ނިދާނެ ކޮޓަރިއެއް ދެއްކުމަށެވެ. އަދި އަހަރެންނަށް ކާން ދިނުމަށެވެ. 

އަނެއް ދުވަހު ހެނދުނު އަންހެނަކު (އޭނާގެ އަނބިމީހާ) އައިސް އަހަރެންގެ ކަންކަމާއިމެދު ސުވާލުކުރުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އޭނާ ބުނީ އަހަރެން ބޭނުންނަމަ އެގޭގައި މަޑުކުރެވިދާނެކަމަށާއި ގޭގެ މަސައްކަތްކުރީމާ މުސާރަވެސް ދޭނެ ކަމަށެވެ. އަދި ބޭނުންނަމަ މައިންބަފައިން ގާތަށް ފޮނުވައިވެސް ދީފާނެކަމަށެވެ. އަހަރެން ޚިޔާރުކުރީ އެގޭގައި މަޑުކުރުމަށެވެ. 

އެގޭގައި ހުންނަތާ އަހަރެއްހައި ދުވަސްފަހުން އެގޭގެ ބަނޑޭރި އަހަރެންގެ ކައިވެންޏަށް އެދުމުން އެކަންވެސް ޤަބޫލުކުރީމެވެ. ދެމަފިރިން ދިރިއުޅެމުން އައީ އުފަލުގައި ތަނަވަސްކަމާއިއެކުގައެވެ. 

އެއިގެ 2 އަހަރެއްފަހުން މެޑަމް އާއިއެކު ޝޮޕިންގ ކޮމްޕްލެކްސްއަށް ދިއަ ދުވަހަކު އެތަނުގެ ކައިރީގައި މަގުމަތީގައި އިށީނދެއިން އެކަކީ އަހަރެންގެ ކުރީގެ ފިރިމީހާއެވެ. މެޑަމްގެ ހުއްދަ ޢާއިއެކު އޭނާ އާއި ވާހަކަދައްކައިލުމުން ބުނީ އުޅުނު ގޭގެ ކުއްޔަށް މަހަކު ދައްކަންޖެހޭ 400 ރުޕީސް ނުދެއްކި ގިނަދުވަސްވުމުން ގެއިން ނެރެލީ ކަމަށެވެ. އަހަރެން އޭނާއަށް ހެޔޮދުޢާކޮށްފައި 1000 ރުޕީސް ދިނީމެވެ. 

އަހަރެން ޑޯން ނޫސް މެދުވެރިކޮށް ބުނެލަން ބޭނުމީ އެންމެ ވާހަކައެކެވެ. އެއީ ހަމައެކަކުވެސް އަނެކާއަށް ދެރައެއް ނުދޭށެވެ! މަގުމަތިނުކުރާށެވެ! ﷲ ގެ ރުހިވޮޑިގަތުން ބޮޑަށް ލިބޭނީ ކާކަށްކަމެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ.

- ފައުޒިއްޔާ އިދްރީސް/ ކަރާޗީ، ޕާކިސްތާން

 

މިއަދު އޮންލައިން