ބިލާލް އައްސަދުގެ ސުވާލު: ﷲ ތަޢާލާ ޙާލަތު ބަދަލުކޮށްދެއްވަވައިފިއެވެ! ތިބާއަށް އައީ ކޮން ބަދަލެއް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބިލާލް އައްސަދުގެ ސުވާލު: ﷲ ތަޢާލާ ޙާލަތު ބަދަލުކޮށްދެއްވަވައިފިއެވެ! ތިބާއަށް އައީ ކޮން ބަދަލެއް ހެއްޔެވެ؟

މީގެ 3 އަހަރުކުރިން ރަމަޟާން މަހެއްގައި އަހުރެމެންނަށް ތިބެންޖެހުނީ ގޭބަންދުވެގެންނެވެ. ޖަމާޢަތުގައި ނަމާދު ނުކުރެވިފައެވެ. އެއިރު އެންމެންވެސް ކަންބޮޑުވެގެން އުޅުނީ މިސްކިތްތައް ބަންދުވެގެންނެވެ. ޖަމާޢަތުގައި ނަމާދުނުކުރެވިގެންނެވެ. ތަރާވީޙް ނުކުރެވިގެންނެވެ.

ﷲ ތަޢާލާގެ މިންވަރުފުޅުން ޙާލަތު ބަދަލުވެއްޖެއެވެ. އަހަރެންގެ ސުވާލަކީ ތިބާ ބަދަލުވެއްޖައިން ހެއްޔެވެ؟ ތިބާއަށް އައި ބަދަލަކީ ކޮބައިހެއްޔެވެ؟ ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި އެބަ ހިފަން ހެއްޔެވެ؟

މީސްތަކުންނޭވެ! މިއީ މިފަދަ ޙާލަތެއްގެ ނިމުމެއް ނޫނެވެ! ކޮރޯނާއަކީ ދުނިޔެއަށް ފޮނުއްވަވާނެ އެންމެ ފަހުގެ ބަލިމަޑުކަމެއް ނޫނެވެ. އެންމެފަހުން ކުރިމަތިކުރައްވަވާނެ މުޞީބާތެއްވެސް ނޫނެވެ! މުޞީބާތްތައް ދާނީ ކުރިމަތިވަމުންނެވެ! ދެން ކުރިމަތިކުރައްވަވާނީ ކޮންފަދަ މުޞީބާތެއް ކޮންގޮތަކަށްކަން ނުވެސް އެނގޭނެއެވެ.

ނަމަވެސް މުސްލިމުންނަށް އުންމީދެއް އެބައޮތެވެ! އެއީ ޙާލަތު ބަދަލުކުރަން މަސައްކަތްކުރުމުން ބަދަލުކުރައްވަވައި ދެއްވާނެ ކަމުގެ އުންމީދެވެ. ވީމާ ތައުބާވުން ގިނަކޮށް ހެޔޮ ބަދަލުތަކަށް އެދިގެން މަސައްކަތްކުރުމުން ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ކުރުކުރުކޮށް މިބުނެވުނީ ވަރަށް ގިނަ ވާހަކަތަކެކެވެ! ވިސްނައި ފިކުރުކުރާ މީހަކަށް ވަރަށް ގިނަ ވާހަކަތަކެކެވެ. ވީމާ އަހަރެންގެ ނަޞޭޙަތަކީ ވިސްނައި ފިކުރުކުރުމެވެ. މީގެ އެއްވެސް ރަމަޟާން މަހެއްގައި މަސައްކަތްނުކުރާވަރަށް މިމަހު މަސައްކަތްކުރާށެވެ! އަދި ރަމަޟާން މަސް ނިމުމުންވެސް ހަމައެގޮތުގައި ޘާބިތުވެ ދެމިހުންނާށެވެ! ހުރިހާ ކަންކަން ވެސް ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން