ޢިބްރަތްތެރި ވާހަކަ: ދަމުނަމާދުކޮށް ދުޢާކުރަމުން އައި އަންހެންކަށް "ޕީރިއަޑްވުމުން" ލިބުނު ޢަޖައިބެއް ފަދަ މެސެޖާ އުފާވެރިކަމުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 57ސ
ޢިބްރަތްތެރި ވާހަކަ: ދަމުނަމާދުކޮށް ދުޢާކުރަމުން އައި އަންހެންކަށް "ޕީރިއަޑްވުމުން" ލިބުނު ޢަޖައިބެއް ފަދަ މެސެޖާ އުފާވެރިކަމުގެ ވާހަކަ!

އަޅުގަނޑަކީ އަދި ހަމަ ޒުވާން އަހެނަކީމެވެ. އެކަމަކު ޕީރިއަޑެއް ނުވެއެވެ. އެތައް ބައިވަރު ޑޮލްޓަރުންނަށް ދައްކައިފީމެވެ. ބުނާހައި ޓެސްޓްތަކެއް ހަދައިފީމެވެ. ބައްޔެއްވެސް ނުފެނެއެވެ. ފިރިމީހާ ހުންނަނީ އަޅުގަނޑުގެ ގާތުގައެވެ. އެއް އެނދުގައި ނިދިނަމަވެސް އަހަރަކު 2 ރޭވެސް އަޅުގަނޑަކީ އޭނާގެ އަނބިމީހާ ކަމެއް އޭނާއަކަށް ނުއެނގެއެވެ. 

މިހެން މިބުނީ މިއީ ޒުވާން ޢުމުރުގައި ޕީރިއަޑް މައްސަލަ ޖެހެން ފެށުމާއި ގުޅުން ހުންނަ ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ. ޕީރިއަދް ނުވާތީ އަޅުގަނޑަށް ވަރަށް އުނދަގޫވެއެވެ. ބަނޑުގައިވެސް ރިއްސައެވެ. އެހެންވީމާ މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަލު ގޮތަކީ ކޮބައިތޯއެވެ؟ 

ކިޔުންތެރިޔާގެ ގާތުގައި ބުނެލަން އޮތީ ހުރިހާ މައްސަލަތެއް އެއްފަރާތްކޮށްފައި ތިއައީ އަނބިމީހާކަން ފިރިމީހާއަށް ނުއެނގޭ މައްސަލައަށް ޙައްލެއް ހޯދާށެވެ. ތިރީގައި އެވަނީ ޢިބްރަތް ޙާޞިލުކުރަން ރަނގަޅު ވާހަކައެއްކަމަށް ޤަބޫލުކުރެވެއެވެ.

އަހަރެންނަކީ ރާއްޖޭގެ އެންމެ އުތުރުގެ ރަށަކަށް ނިޞްބަތްވާ އަންހެނަކީމެވެ. ޒުވާން އުމުރުގައި ކައިވެނިކުރީމެވެ. 3 ދަރިންވެސް ވަނީ ލިބިފައެވެ. ނަމަވެސް ފިރިމީހާގެ ޢަމަލުތައް މިހާރު ހުންނަގޮތުން އޭނާ ޢާއިއެކު ދިރިއުޅުމަށްވުރެ އެކަނި ހުރުންވެސް މާރަނގަޅުކަމަށް އަހަރެންނަށް ވަނީ ޤަބޫލުކުރެވިފައެވެ. 

ދިރިއުޅުމުގެ ހާލަތު ހުރިގޮތުން މިފަދަ ބޮޑު ބަދަލެއް ގެނައުމަކީވެސް ކުރަންފަސޭހަކަމެއް ނޫނެވެ. އެހެންކަމުން އެކަމުގައި ގޮތެއް ނިންމަން އަހަރެންނަށްވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އަމިއްލައަށް އެކަމުގައި ގޮތެއް ނިންމަން އުނދަގޫވުމުން ޢަމަލުކުރާނެ ގޮތެއް އަންގަވައިދެއްވެވުން އެދި އިސްތިޚާރާ ނަމާދުވެސް ކުރީމެވެ. ކޮންމެ ރެއެއްގެ ދަމުނަމާދަށްފަހު ދުޢާކުރާތާ އަހަރުދުވަހަށްވުރެ ގިނަވިއެވެ. އެކަމުގައި އަޅުގަނޑަށް އެންމެ ފައިދާހުރި ގޮތަކަށް ނިންމަވައިދެއްވެވުން އެދިވެސް އައީ ދުޢާކުރަމުންނެވެ. 

އަޅުގަނޑަކީ ޞިއްޙަތު ސަލާމަތުންހުރި އަންހެނަކީމެވެ. ބޭސްކުރަންޖެހެ އެއްވެސް ބައްޔެއްވެސް މާތް ﷲ އިރާދަފުޅުން ނެތެވެ. އަދި ބަނޑުގެވެސް އެތެރެހަށީގެވެސް އެއްވެސް މައްސަލައެއް ނެތެވެ. އެހެނަސް މައްސަރުކަންތައް ޖެހުމުގައި މައްސަލަތަކެއް ޖެހެމުން އަންނަތާ އެއިރު ދުވަސްކޮޅެއް ވެއްޖެއެވެ. 

ރަށުގައި އަންހެނުންގެ ޑޮކްޓަރަކު ނެތުމުން ކުޅުދުއްފުށްޓަށްގޮސްގެންވެސް އެބަ ޑޮކްޓަރަށް ދައްކަމެވެ. ޓެސްޓްތައް ހަދާފައި ކޮންމެ ފަހަރަކުވެސް ބުނަނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެންކަމުން އެއްވެސް ފަރުވާއެއް ނުދެއެވެ. އެކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެނީ ފިރިމީހާގެ ކިބައިން އަޅުގަނޑަށް ލިބެންޖެހޭ ޙައްޤުތައް ނުލިބޭތީ މެދުވެރިވީ ކަމެއް ކަމަށެވެ. 

ފިރިމީހާ ދިރިއުޅެނީ އެހެން ރަށެއްގައެވެ. ލޮލަށް ނުފެންނަތާ އެއިރު އަހަރަކަށްވުރެ ގިނަވެދާނެއެވެ. އޭނާ އާއި ބައްދަލުވުމުން ލިބޭނެ އިތުރު އުފަލެއް ނެތުމުން އެކަމާއި ކަންބޮޑެއްވެސް ނުވަމެވެ. އެހެން ހުއްޓައި އަންގައިވެސް ނުލާ ފިރިމީހާ އަހަރެންނާއި ބައްދަލުކުރަން އައެވެ. މުހިންމު ނުކުތާ މި ދަންނަވަނީއެވެ. 

ފިރިމީހާ އައީ އަޅުގަނޑު މައްސަރުކަންތައް ނުޖެހޭތާ 3 މަސް ފާއިތުވީފަހުންނެވެ! ނަމަވެސް ކަންތައް މެދުކުރެއްވެވީ ވަރަށް އެހެން ގޮތަކަށެވެ. ފިރިމީހާ އައުމުގެ ދެގަޑިއިރުކުރިން ވަނީ މައްސަރުކަންތައް ޖެހިފައެވެ. 

ފިރިމީހާ ފެނުމުން ފުރަތަމަވެސް ހިތަށްވަނީ ކަންތައްތައް މެދުވެރިމިވީ ގޮތަށެވެ. 3 މަސް ފާއިތުވުމަށްފަހު ފިރިމީހާ އައުމުގެ ދެގަޑިއިރުކުރިން މައްސަރުކަންތައް ޖެހުން މިއީ ލިބިފައިވާ ވަރަށް ވަރުގަދަ މެސެޖެއް ކަމަށެވެ. އެމެސެޖަކީ ފިރިމީހާ އާއިއެކު އިތުރަށް ދިރިއުޅުމުގެ ބޭނުމެއް ނެތް ކަމެވެ. އޭނާ އާއި އެއްވެސް ގުޅުމެއް ބޭއްވުމުގެ އެއްވެސް ބޭނުމެއްވެސް ނެތްކަމެވެ. 

ކޮންމެއަކަސް ހިތްވަރުކޮށްލާފައި މިވާހަކަތައް ފިރިމީހާއަށް ކިޔައިދިނީމެވެ. އަހަރެން ބުނީމެވެ. "އަހަރެންނަށް ދިން ހުރިހާ އަނިޔާތަކަށް އަހަރެން މާފުކޮށްފީމެވެ. ލިބިފައިވާ 3 ދަރިން ﷲ އާ ވަކީލެވެ! އަހަރެން ދޫކޮށްލައިދޭށެވެ! އަހަރެމެން 4 މައިންނަށް ﷲ ކޮންމެވެސް މަގެއް ދައްކަވާނެތެވެ! އިން ޝާ ﷲ." 

ފިރިމީހާ މާގިނަ ވާހަތަކެއް ނުދައްކައެވެ. 3 ދުވަހު ރަށުގައި ހުރެފައި ފުރީ އަޅުގަނޑު މިނިވަންކޮށްދީފައެވެ. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރީމެވެ. 

ކޮންމެއަކަސް ވަރިކޮށް ޢިއްދަ ހަމަވިތަނާ އަނބިމީހާ މަރުވެފައިވާ ހަމައަޅުގަނޑާ އެއް އުމުރުގެ ފިރިހެނަކު އަޅުގަނޑުގެ ކައިވެންޏަށް އެދުނެވެ. އޭނާއަކީ އެހައިތަނަށް ދުވަހަކުވެސް އަޅުގަނޑާއި ވާހަކަވެސް ދައްކައި އުޅުނު މީހެއްވެސް ނޫނެވެ. އޭނާ ކައިވެންޏަށް އެދުމުން އޭނާގެ ސިފައަކަށް ނުބަލަމެވެ. ރަށުގެ އެންމެން ވެސް އެކަކު އަނެކަކު ދަންނާތީ އޭނާއަކީ ތަޤްވާވެރި ހެޔޮލަފާ މީހަކުކަން އެނގެއެވެ. އެކަމަށް ބަލައި އޭނާ އާއި ކައިވެނިކުރީއެވެ.

ކައިވެންޏަށް މިހާރު 3 އަހަރުވީއެވެ. ދަރިން އުޅެމުން އެގެންދަނީ މުޅި އުމުރުގައި އެކުދިންނަށް ނުލިބޭހައި އުފަލުގައެވެ. އަޅުގަނޑު ކުދިން ބޮޑެތިކުރީ މާގިނަ ކަންތައްތަކަކަށް ދަހިވެތިވާނެ ގޮތަކަށް ނޫނެވެ. ވީމާ އެުދިން މިހާރުވެސް މާގިނަ ކަންތައްތަކަކަށް ނުއެދެއެވެ. ނަމަވެސް ބުނަން އޮތީ ނުއެދުނަސް އެކުދިންނަށް ބޭނުންވާނެ ހުރިހާ ކަމެއް ދޮންބައްޕަ ކޮށްދެއެވެ. އެންމެ އުފާވަނީ އެކަމަށްޓަކައެވެ. 

ކިޔުންތެރިންގެ ގާތު ބުނެލަން އޮތީ ދަމުނަމާދުކުރާށެވެ! ދުޢާކުރާށެވެ! މުއްދަތެއް ނެގިނަމަވެސް ހިންމަވައި ދެއްވަވާނެއެވެ! އންތިޒާރުގެ މޭވާ ފޮނިވެސްވާނެއެވެ!  އިން ޝާ ﷲ

 

- މިއަދުނޫހުގެ ިޔުންތެރިއެއް

މިއަދު އޮންލައިން