ޙަޤީޤީ ޙާދިސާ: ޤުރްއާން ކިޔަވާ އަންހެން ކުއްޖެއްގެ ފަހަތުގަ އިންސާނުންގެ ސިފައިގަ މަލާއިކަތުން ތިއްބަވައި ޙިމާޔަތްކޮށްދެއްވެވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ޙަޤީޤީ ޙާދިސާ: ޤުރްއާން ކިޔަވާ އަންހެން ކުއްޖެއްގެ ފަހަތުގަ އިންސާނުންގެ ސިފައިގަ މަލާއިކަތުން ތިއްބަވައި ޙިމާޔަތްކޮށްދެއްވެވި ގޮތުގެ ވާހަކަ-

ވީވަރަކުން އަޅުގަނޑުމެން އެންމެ ގިނައިން ކުރަން އޮތް އެއް އަޅުކަމަކީ ކީރިތި ޤުރްއާން ކިޔެވުމެވެ. ރަމަމާން މަހު އޮތީ އެކަން މެކްހަށް ޖެހުމެވެ. މާނައަކީ ވީހައި ގިނައިން ކިޔެވުމެވެ. ޤިރްއާނަކީ ޤިޔާމަތް ދުވަހު ތިބާގެ އެންމެ ބޮޑު ވަކީލްކަމުގައި ހެދިދާނެއެވެ. ހިތަށާއި ބަލިތަކަށް ޝިފާލިބޭނެ ފަރުވާއެއްވެސް މެއެވެ. ރިޒުޤްތަނަވަސްދޭނެ އެހީތެރިއެކެވެ. އަދި ޙިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްދޭނެ އެންމެ ވަރުގަދަ ބާރުވެސްމެއެވެ. 

އެއީ އެއް ކްލާހެއްގައި ކިޔަވަމުން ދިއަ 3 އަންހެންކުދިންނެވެ. ވަރަށް އެކުވެރި 3 ކުދިންނެވެ. އެތަނުން އެއްކުއްޖަކު ކޮލެޖަށް ނުދާތީ 3 ދުވަސްވުމުން ކުއްޖަކު އޭނާގެ ޙާލުބަލައިލަން ދިއައެވެ. އަދި އޭނާ އާއިއެކު ވަގުތު ހޭދަކުރަން ހަދައިގެން ގެއަށްދާންޖެހުނީ މެންދަމުގެ ވަގުތެއްގައެވެ.

މިކުއްޖާއަކީ އަބަދުވެސް ވަރަށް ގިނައިން ޤުރްއާން ކިޔަވާ ކުއްޖެކެވެ. އޭނާގެ އެންމެ ގާތް އެކުވެރިއަކީވެސް ޤުރްއާނެވެ. އެހެންވެ އޭނާ ބަސް ސްޓޭޝަނަށް ދިއައީވެސް އަދި ސްޓޭޝަނުގައި އުޅުނީވެސް ޤުރްއާން ކިޔަވަމުންނެވެ. ކުއްލިއަކަށް ފެނުނީ ބިރުވެރި ސިފައަކަށް ހުރި މީހެކެވެ. އެއިރުވެސް ހީވާ ގޮތުން އޭނާ ހުރީ މަސްތުގެ ޙާލަތުގައެވެ. 

އޭނާގެ ކިބައިން ސަލާމަތް އެދުމުގެ ބޭނުމުގައި އޭނާ އާއި އަރައި ހަމަވުމުން އެކުއްޖާ ސަލާމްވެސް ގޮވައިލިއެވެ. ނަމަވެސް އޭނާ ޖަވާބެއް ނުދެއެވެ. އެކުއްޖާ ހަމަ ކިޔަވަމުން ކުރިއަށް ދިއައީއެވެ. 

ހެނދުނު އެންމެ ހޫނު ޚަބަރެއްގެ ގޮތުގައި ޢާންމުވީ އެމީހާ އަންހެންކުއްޖަކު ރޭޕްކޮށް މަރައިލިކަމުގެ ޚަބަރެވެ. އެކަމުން ކުރިން މިބުނި އަންހެން ކުއްޖާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. އޭނާ އާއި އަޅައިނުގަތީ ކީއްވެގެންބާބަވައެވެ! ސަލާމް ގޮވުމުން ޖަވާބުވެސ ނުދިނީ ކިއްވެގެން ބާވައެވެ! 

ޙަޤީޤަތް އޮޅުންފިލުވަން ކުރި މަސައްކަތުން އެމީހާގެ ޖަވާބު ލިބުނެވެ. "އެއަންހެން ކުއްޖާއަށް ގޮތެއް ހަދަން ވަރަށް ބޭނުންވިއެވެ. ނަމަވެސް ބަލައިލަންވެސް ނުކުރެވުނީއެވެ. އެއީ އޭނާގެ ފަހަތުގައި ވަރުގަދަ ބޮޑު 2 ފިރިހެނުން ތިބިކަމުންނެވެ. ބަލައިލި ނަމަވެސް އެ 2 މީހުން އޭނާއަށް ހަމަލާދޭނެތީއެވެ." 

(އެ ދެ މީހުން ފެނިފައިވަނީ އެމީހާއަށް އެކަންޏެވެ. އެ ކުއްޖާއަކަށްވެސް ނުފެނުނެވެ. ވީމާ މިކަމުން އަންގައިދެނީ ނުވަތަ ދޭހަވަނީ އެއީ ޤުރްއާނުގެ ކަރާމާތުގެ ސަބަބުން އޭނާގެ ސަލާމަތަށް މެދުވެރިކުރެއްވެވި 2 މަލާއިކަތުން ކަމެވެ.) 

މީސްތަކުންނޭވެ! ޤުރްއާން ކިޔެވުން ގިނަކުރާށެވެ! އެންމެ ގާތް އެކުވެރިއަކީ ޤުރްއާން ކަމުގައި ހަދާށެވެ! ޤިޔާމަތް ދުވަހު އެކަމުން ކުރާނެ ފައިދާގެ އިތުރުން ދުނިޔޭގައި ވެސް ޤުރްއާން އެމީހާއަށް ބޭނުންވާ ރައްކައުތެރިކަން ފޯރުކޮށްދޭނެއެވެ. އެހެން ބޭނުންތައް ފުދިގެންދާ ސަބަބަކަށްވެސް ވާނެއެވެ! އިން ޝާ ﷲ 

- ޝައިޚް އިބްރާހީމް ފަރީދުގެ ދަރުސަކުން

މިއަދު އޮންލައިން