ބަޤަރާ ސޫރަތް ދަސްކުރަން ފަސޭހަ ގޮތްތައް-

ކިޔުމަށް ހޭދަވާނީ 1މ 50ސ
ބަޤަރާ ސޫރަތް ދަސްކުރަން ފަސޭހަ ގޮތްތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ބަޤަރާ ސޫރަތަކީ ކީރިތި ގުރްއާނުގައިވާ އެންމެ ދިގު ސޫރަތެވެ. އެ ސޫރަތުގައި 286 އާޔަތް ވާރިދުވެފައިވެއެވެ. ތިރީގައި އަޅުގަނޑު މި ބަޔާން ކޮށްލަނީ ބަޤަރާ ސޫރަތް ދަސްކުރުމަށް ފަސޭހަވާނެ ބައެއް ގޮތްތަކެވެ.

·      ޚާލިސް ނިޔަތަކާއެކީ ފެށުން: އަދި އެއީ މަޝްހޫރުކަން ހޯދުމަށް ނުވަތަ މީހުންނަށް ދެއްކުމަށް ކުރާ ކަމަކަށް ނުހެދުން 

·      ސޫރަތުގެ ސަފްހާ ނުވަތަ އާޔަތްތައް ބައިބައި ކޮށްގެން ދަސްކުރުން  

·      ކޮންމެ ދުވަހަކަށް އެ ދަސްކުރުމަށް ކަނޑައެޅިފައި އޮތް ބައި ދަސްކޮށް ފަހަށް ދަސްކުރަން ނުބެހެެއްޓުން 

·      ހުކުރު ދުވަހަކީ މުރާޖަޢާ ކުރުމަށް އޮންނަ ދުވަހެއް ކަމަށް ކަނޑައެޅުން  

·      ބަގަރާ ސޫރަތުގެ އާޔަތްތައް ބަސްބަހުގެ މާނަ އާއި އަސްބާބް ނުޒޫލް( އާޔަތްތައް ބާވައިލެއްވި ސަބަބުތައް) ބެލުން 

·      އެކި މަޢުޟޫތަކަށް ބަހާލައިގެން ދަސްކުރުން  

·      އެކި ވާހަކަތަކަށް ބަހާލައިގެން ދަސްކުރުން( އެގޮތުން މޫސާގެފާނުގެ ވާހަކަ އާއި ބަނީ އިސްރާއީލް މީހުންގެ ވާހަކަ އާއި ހައްޖު އަދި ރޯދަ އާއި މިނޫނަސް ވަރަށް ގިނަ ވާހަކަތައް މި ސޫރަތުގައި ވާރިދުވެގެން އައިސްފައިވެއެވެ.) 

·      އެއް އާޔަތް އަނެއް އާޔަތާއި ގުޅޭ ގޮތް ބެލުން ( އެގޮތުން މާނަ ނޭނގޭނަމަ ތަރުޖަމާ ބަލައިގެން އާޔަތުގެ މާނަ ބެލުމަށްފަހު ދަސްކުރުމެވެ. އެއިރުން ހަނދާނުގައ ހަރުލަން އިތުރަށް ފަސޭހަވެގެން ދެއެވެ.  

·      ދަސްކުރާ ދަރިވަރަކީ ގަވާދުން ދަސްކޮށް މުރާޖަޢާ ކުރާ ދަރިވަރަކަށް ކަމުގައިވުން 

·      މުދައްރިސެއް ނުވަތަ ގާރީވެރިއެއްގެ އެހީއެއް ހޯދުން  

·      ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ތަކުރާރުކޮށް ކޮންމެ ދުވަހަކު އަޑުއެހުން 

·      ކާރަށް އަރާއިރުވެސް ނުވަތަ ބަހުގައި އިންނަ އިރު، ވަޒީފާއަށް ދާއިރު، ޔުނިވާސިޓި ނުވަތަ ސްކޫލަށް ދަމުންވެސް ބަގަރާ ސޫރަތް އަޑުއެހަމުން ދިޔުން

މިއަދު އޮންލައިން