ނުހުއްޓުވޭނެ އިނގޭތޯ!: ކަށުނަމާދުގެ މަޢުލޫމާތަކީ ވީހާގިނަބައަކު، ވީހާ ގިނަބައަކަށް ހާމަކުރަންޖެހޭ މަޢުލޫމާތެއް! ހާމަކުރުމުން ޘަވާބު ދެއްވަވާނެ މަޢުލޫމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ނުހުއްޓުވޭނެ އިނގޭތޯ!: ކަށުނަމާދުގެ މަޢުލޫމާތަކީ ވީހާގިނަބައަކު، ވީހާ ގިނަބައަކަށް ހާމަކުރަންޖެހޭ މަޢުލޫމާތެއް! ހާމަކުރުމުން ޘަވާބު ދެއްވަވާނެ މަޢުލޫމާތެއް!

ކަށުނަމާދުގެ މަޢުލޫމާތު ހާމަކުރުމުންވެސް ވާދަވެރި ސިޔާސީ ޙަރަކާތަކަށް ވެގެންހިގައިދާނެ ކަމާއިމެދު ކަންބޮޑުވުން އިތުރުވާން ފަށައިފިއެވެ. އެއީ މާލޭ ސިޓީ ކައުންސިލުގެ މެންބަރަކު ކައުންސިލުގެ ބައްދަލުވުމެއްގައި ދެއްކެވިކަމަށް ލީކްވެގެން އުޅޭ ވާހަކަތަކަކާއި ގުޅިގެންނެވެ. 

"ކަށުނަމާދާއި ބެހޭ ޞައްޙަ މަޢުލޫމާތު ފެތުރުން ހުއްޓުވުމުގެ ބާރު އެއްވެސް އިދާރާއަކަށް ލިބިގެނެއް ނުވޭ! ޖަނާޒާތަކުގެ ބައިވެރިވުމަކީ މަރުވި އަޚާއަށްޓަކާ އަދާކުރަންޖެހޭ ޙައްޤެއް! އެއީ 2 އަޖުރުގެ ޘަވާބު ދެއްވަވާ އަޅުކަމެއް. އެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ޢަދަދު ގިނަކުރަން މަސައްކަތްކުރުމަކީވެސް ޘަވާބު ދެއްވަވާ ކަމެއް! ދެން ކިހިނެއްތޯ ޖަނާޒާތަކަށް ދައުވަތުދީ ޖަމާޢަތް ބޮޑުކުރަން ކުރާ އެއްވެސް މަސައްކަތެއް ހުއްޓުވާނީ؟" 

"އަޅުގަނޑަށް ވިސްނޭ ގޮތުން ސިޓީ ކައުންސިލުން ބޭނުންނަމަ ޕޭޖާ ވެބްސައިޓާ އަދި އެނޫންވަސީލަތްތައް ބޭނުންކޮށްގެން ވެސް މައުލޫމާތު ފަތުރަންވީ. އެއީ ކުރެވިދާނެ ކަމެއް! ދެން ބަލައިލަންޖެހޭނީ އެއީ 24 ގަޑިއިރު ކުރަންޖެހޭ ކަމަކަށްވާތީ ކިތައް މުވައްޒިފުން އިތުރަށް ލައިގެން އަހަރަކު ކިތައް މިލިއަން ރުފިޔާގެ ޚަރަދެއް ކޮށްގެންތޯ އެކަން ސިޓީ ކައުންސިލަށް އެކަންކުރެވޭނީ؟ މައްޔިތާ ވަޅުލައި ނުނިމެނީސް ޕޭޖަށް އަރާނެތޯ؟ ނޫނީ ޕޭޖަށް އެރުވެންދެން މައްޔިތާ ވަޅުނުލައި ބާއްވާނީތޯ؟" 

ޢާންމުންގެ ޚިޔާލުތައް މިފަދަ ގޮތަކަށް ހުރިއިރު ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ:

"ކަށުނަމާދު ޕޭޖް ހިންގާ ފަރާތައް ޕޭޖް ހިންގުން މަނާކޮށް ، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގިކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމުގައި ދަންނަވަމެވެ.

މާލެ ސިޓީ ކައުންސިލުގެ އެއްވެސް އޮފިޝަލަކު އެޕޭޖު ހިންގާ ފަރާތައް އެފަދަ ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެކަން މައުލޫމާތައްޓަކައި ދަންނަވަމެވެ."

- މާލޭ ސިޓީ ކައުންސިލް 

ރައްޔިތުންގެ މަޖިލީހޭ ކިޔާ މަޖިލީހުގައިވެސް މެންބަރުން އެމީހުންގެ އަތްނުފޯރާފަށުން، ކަންކަމުގެ ޙަޤީޤަތް ނުވެސް އެނގޭ ޙާލު ވާހަކަދައްކާ އުޞޫލުން މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުންތަކުގައި ވެސް އެފަދަ ގޮތްގޮތަށް މެންބަރުން ވާހަކަދައްކާނަމަ މިފަދަ މައްސަލަތައް ފެންމަތިވުން ގިނަވާނެކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން