ސުވާލު: ބަންގި ގޮވާ ވަގުތަކީ ދުޢާ އިޖާބަކުރައްވާ ވަގުތެއްތޯ؟ ބަންގި ގޮވާ ވަގުތު ދެ އަތް މައްޗަށް ނަގައިގެން ދިވެހިބަހުން ދުޢާކުރެވޭނެތޯ؟ މީގެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
ޖަވާބު: ބަންގި ގޮވާ އަޑު އިވޭނަމަ، ބަންގިއަށް ކަނުލައި އަޑު އަހައި އަދި ބަންގިއަށް އިޖާބާދޭންވާނެއެވެ. އަދި ބަންގި ގޮވާ ނިމުނީމާ ބަންގި ދުޢާ ކިޔަންވާނެއެވެ. ބަންގިއާއި ޤަމަތާއި ދެމެދުގައި ވާ ވަގުތަކީ ދުޢާ އިޖާބަ ކުރައްވާ ވަގުތެކެވެ.
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް