ކައްވަޅުގަ ދެވޭ ޢަޛާބުގެ އަޑު ރަސޫލް ޞޢޥ އަށް އިވިވަޑައިގަތެވެ! އަހަރެމެންނަށް ނީވެނީ ކީއްވެ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކައްވަޅުގަ ދެވޭ ޢަޛާބުގެ އަޑު ރަސޫލް ޞޢޥ އަށް އިވިވަޑައިގަތެވެ! އަހަރެމެންނަށް ނީވެނީ ކީއްވެ؟

ކައްވަޅުގެ ޢަޛާބަށް ބިރުވެތިވާން ރަސޫލް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވަވައިފައެވެ. އެތައް ޙަދީޘްފުޅެއްގައި އެކަން ވަނީ ބަޔާންކުރައްވަވައިފައެވެ. 

ކައްވަޅުގައި ޢަޛާބު ނުދެއްވަވާނީ ކޮން ފާފައަކަށްކަން އެނގޭކަށް ނެތެވެ. ވީމާ ކޮންމެ ފާފައަކަށްވެސް ބިރުވެތިވާންޖެހޭނެއެވެ. ޙަދީޘްފުޅުތަކުން އެނގެން އޮތީ ގަދަފަދަ ޢަޛާބް ދެއްވަވާނެ ބޮޑެތި ފާފަތަކެވެ. ވީމާ އެފާފަތައް ނުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. 

ދެން ބައެއް މީހުން ކުރާ ސުވާލަކީ ކައްވަޅުގަ ދެވޭ ޢަޛާބުގެ އަޑު ރަސޫލް () އަށް އިވިވަޑައިގަތެވެ! އަހަރެމެންނަށް ނީވެނީ ކީއްވެ ހެއްޔެވެ؟ މިސުވާލަށް އަންނަނިވި ޙަދީޘްފުޅުން ޖަވާބެއް ލިބެއެވެ. އެ ޙަދީޘްފުޅަކީ "ކައްވަޅުގައި ދެވޭ ޢަޛާބުގެ އަޑު ތިމަން ކަލޭގެފާނަށް  އިވިވަޑައިގަންނަވާފަދައިން މީސްތަކުންނަށް އިވިއްޖެ ނަމަ މަރުވާ މީހުން ވަޅުނުލައިފާނެ ކަމަށް ބިރުފުޅުގެންވަޑައިނުގަންނަވާނަމަ އެއަޑު މީސްތަކުންނަށް އިއްވަވައިދެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވެވީމުހެވެ." އޮތް ޙަދީޘްފުޅެވެ. 

ކައްވަޅުގައި ދެވޭ ޢަޛާބުގެ އަޑު މީސްތަކުންނަށް އިވޭނަމަ ޤަބުރު ވަލުނުލައި ކުނިވާން ދޫކޮށްލާނީ 2 ސަބަބަކަށެވެ. ފުރަތަމަ ކަމަކީ އެއަޑުގެ ސަބަބުން މީސްތަކުން ގިރުނާނެލެއް ބޮޑުކަމެވެ. ދެވަނަ ކަމަކީ ތިބާގެ ޢަޚާ ވަޅުލުމުން ޢަޛާބު ދެއްވަވާ އަޑު އިވޭނަމަ އޭނާއަކީ ފާފަވެރިއެކަން މީސްތަކުންނަށް އެނގި ފަޟީޙަތްވާނެތީއެވެ. އެކަންވެސް ހަމަ ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

 

އަދި އިތުރު ޙަދީޘްފުޅެއްގައިވަނީ ކައްވަޅުގައި ދެވޭ ޢަޛާބުގެ އަޑު ވަލުޖަނަވާރުތަކަށްވެސް އިވޭނެ ކަމަށެވެ.

 

ކައްވަޅުގައި ޢަޛާބު ދެއްވަވާނެކަން ޤުރްއާނުން އެނގެން އޮތީ ދެބާވަތެއްގެ މީހުންނަށެވެ. އެއީ ﷲ ތަޢާލާއަށް ޝަރީކުކުރި މީހުން (ކާފިރުން)ނާއި މުނާފިޤުންނެވެ. ދެން އެހެން ފާފަތައް އެނގެން އޮތީ ޙަދީޘްފުޅުންނެވެ.

 

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

ގުޅުންހުރި ލިޔުމެއް:

https://hadeethenc.com/en/browse/hadith/11208

 

 

 

މިއަދު އޮންލައިން