ޢަރަބިއްޔާގެ އާޢިމާރާތް އަޅަން ބަޖެޓްކޮށްފައި ނެތީމަ ތައުލީމީ ވަޒީރު ކުށްވެރިކުރެއްވީ މާލީ ވަޒީރާ ޢަރަބިއްޔާގެ ބެލެނިވެރިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޢަރަބިއްޔާގެ އާޢިމާރާތް އަޅަން ބަޖެޓްކޮށްފައި ނެތީމަ ތައުލީމީ ވަޒީރު ކުށްވެރިކުރެއްވީ މާލީ ވަޒީރާ ޢަރަބިއްޔާގެ ބެލެނިވެރިން!

18 މަސްދުވަސްތެރޭގައި ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް އަޅައި ނިންމަން ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާއިރު 2023 ވަނަ އަހަރުގައި އެކަމަށް އެއްވެސް ފައިސާއެއް ހިމަނާފައި ނެތުމުން ތަޢުލީމީ ވަޒީރު ޢަރަބިއްޔާގެ ބެލެނިވެރިންނާއި މާލީވަޒީރު ކުށްވެރިކުރައްވައިފިއެވެ. 

ތައުލީމީ ވަޒީރާއި ބައްދަލުކުރަން ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން 2،3 ހަފްތާވަންދެން މަސައްކަތްކުރުމުން ވެސް އެކަން ހަމަޖެހޭނެ ގޮތެއް ނުވުމުން ބެލެނިވެރިން މިނިސްޓްރީއަށް ހެނދުނު ދިއުމުން ފުލުހުން ގެންގޮސް ބެލެނިވެރިން ބޭރުކޮށްލުމަށްފަހު 10 މިނިޓް ތެރޭގަ މިނިސްޓްރީއަށްދާން ވަޤުތުދީގެން ބޭއްވި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ބަޖެޓުގައި ނެތީ މާލީ ވުޒާރާއިން ބަޖެޓުގައި ޖަހާފައި ނެތުމުން ކަމަށާއި ނަމަވެސް ބަޖެޓް ފާސްވާއިރު ބަޖެޓުގައި ހިމެނޭނެ ކަމަށެވެ. 

ބެލެނިވެރިން ކުށްވެރިވަނީ އެކަމާއި ގުޅިގެން މިނިސްޓްރީގެ ޖަވާބެއްް ހޯދަން މަސައްކަތް ކުރުމުންވެސް ޖަވާބެއް ލިބޭނެ ގޮތް ނުވުމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފައުޅުކުރީތީއެވެ. 

ކުރީގެ ކުނިކޮށި ސަރަހައްދުފަދަ ހުސްބިންތައް ހުރިނަމަވެސް މިއަދުވެސް ވަޒީރު ވިދާޅުވީބައުޖަމާލުއްދީންގެ އެއްފަޅި ނޫންތަނެއްގައި ޢަރަބިއްޔާ ނުއަޅާނެ ކަމަށެވެ. އަދި އެތަން ތަޅަންކުރާ މަސައްކަތް ނިމުނު ދުވަހަކުން އެތަނުގައި ޢިމާރާތް އަޅާނެ ކަމަށެވެ. 

ބެލެނިވެރިން ވަނީ އެއަށްވުރެ ބޮޑެތި ބިންތައް ލިބެންހުރިއިރު އެއަށްވުރެ ބޮޑުބިމެއްގައި އަޅައިދިނުމަށް އެދިފައެވެ. 

މިބައްދަލުވުމާއިބެހޭ ގޮތުން ތައުލީމީ ވަޒީރު ބޮޑެތި އިތުރުފުޅުތައް ހައްދަވަމުން ގެންދަވާތީ ޢަރަބިއްޔާގެ ބެލެނިވެރިން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

މަޢުލޫމާތު ބެލެނިވެރިއެއް

މިއަދު އޮންލައިން