އުތުރުހުވަދޫ ޤުރުޢާން މުބާރާތް – އަތޮޅުގަ ޙާފިޛުންތަކެއް އުފެދުމުގެ އުންމީދު ބޮޑުކަން ދައްކައިދީފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
އުތުރުހުވަދޫ ޤުރުޢާން މުބާރާތް – އަތޮޅުގަ ޙާފިޛުންތަކެއް އުފެދުމުގެ އުންމީދު ބޮޑުކަން ދައްކައިދީފި!

ގއ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި އުތުރު ހުވަދޫ ޤުރުޢާން މުބާރާތުގެ ސަބަބުން އެއަތޮޅުގައި ގިނަ ޢަދަދެއްގެ ޙާފިޛުންނާއި ރިވެތިކޮށް ޤުރްއާން ކިޔެވުމުގެ ހުނަރުހުރި ދަރިންތަކެއް އުފެދިގެން ދިއުމުގެ އުންމީދު ބޮޑުކަން ދައްކައިދީފިއެވެ. 

އުތުރުހުވަދޫ ޤުރުޢާން މުބާރާތް 2022

މިމަހުގެ 27 އިން 29 އަށް ގއ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި އުތުރު ހުވަދޫ ޤުރުޢާން މުބާރާތުގައި ގއ.އަތޮޅުގެ 9 ސުކޫލަކުން ދަރިވަރުން ބައިވެރިވެފައިވެއެވެ. އެގޮތުން ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ކީސްޓޭޖް 5 އާ ހަމައަށް މިމުބާރާތުގައި ދަރިވަރުން ބައިވެރިވިއެވެ. 

މި މުބާރާތުގައި ޖުމުލަ 167 ކުދިން ބައިވެރިވެފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގައި 134 ދަރިވަރުންނާއި، ހިތުން ކިޔެވުމުގެ ގޮފީގައި 33 ދަރިވަރަކު ބައިވެރިވިއެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކީރިތި ޤުރްއާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީޞައީދު އެވެ.

މި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ގއ.އަތޮޅު ކައުންސިލްގެ އިދާރާގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުންވެސް ވަނީ ފައިސާގެ އިނާމް ހުށަހަޅާފައެވެ. މި މުބާރާތުގައި ބައިވެރިވި ދަރިވަރުންނާއި، ބެލެނެވެރިންނާއި، އަދި އޮފިޝަލުންނަށް ގއ. ވިލިނގިލިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިއީ، ގއ.އަތޮޅުކައުންސިލުން ވަރަށް ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާ މުބާރާތެކެވެ.

މުބާރާތުގެ ނަތީޖާ:

މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން 

1 ވަނަ ދަރިވަރު – އައިޝަތު ޔޫލީ ބިންތި ލުޤްމާން، ވަލުތެރޭގެ، ގއ.ގެމަނަފުށި / ގެމަނަފުށީ ސުކޫލް

1 ވަނަ ދަރިވަރު – ޔޫސުފް ނީކަން މުސްތަފާ ،ހިލިހިލާގެ،ގއ.ދެއްވަދޫ / ސުލްތާން މުޙައްމަދު ސުކޫލް

2 ވަނަ ދަރިވަރު – އާމިނަތު ޔުމްޝާ މުޙައްމަދު މޫސާ، ނޫވިލް، ގއ. ކަނޑުހުޅުދޫ / ކަނޑުހުޅުދޫ ސުކޫލް

3 ވަނަ ދަރިވަރު – ސުމައްޔާ ބިންތި ސަފްވަތުﷲ ، ގުލްދަސްތާގެ، ގއ.ގެމަނަފުށި / ގެމަނަފުށީ ސުކޫލް

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 

1 ވަނަ ދަރިވަރު – އަޙްމަދު އީމް ރަމީޒް،އޮނި،ގއ.ވިލިނގިލި / ގ ގއ.އަތޮޅު ތައުލީމީ މަރުކަޒް

2 ވަނަ ދަރިވަރު – ޢާއިޝަތު އީނާލް ހަސަން ، އަޅިވިޅާގެ،ގއ.މާމެންދޫ / ގއ.މާމެންދޫ ސްކޫލް

3 ވަނަ ދަރިވަރު – ފާތިމަތު ސާރާ އަޙްމަދު ، އިތާ ، ގއ.ކޮލަމާފުށި / ގއ.އަތޮޅު މަދަރުސާ

3 ވަނަ ދަރިވަރު – އަލީ މާލިކް މަޖީދު، ރީނދޫމާގެ، ގއ.ކަނޑުހުޅުދޫ / ގއ. ކަނޑުހުޅުދޫ ސްކޫލް

މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން 

1 ވަނަ ސުކޫލް / ކަނޑުހުޅުދޫ ސުކޫލް

2ވަނަ ސުކޫލް / ގއ.އަތޮޅު ތައުލީމީ މަރުކަޒު

3ވަނަ ސުކޫލް / ސުލްތާން މުޙައްމަދު ސުކޫލް

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފި

1ވަނަ ސުކޫލް / ގެމަނަފުށީ ސުކޫލް

2ވަނަ ސުކޫލް / މާމެންދޫ ސުކޫލް

3ވަނަ ސުކޫލް / ގއ.އަތޮޅު ތައުލީމީ މަރުކަޒު

ބައިވެރިވި ސުކޫލްތައް

- ގއ. އަތޮޅު މަދުރަސާ

- ގއ.އަތޮޅު ތައުލީމީ މަރުކަޒު

- މާމެންދޫ ސުކޫލް

- ނިލަންދޫ ސުކޫލް

- ދާންދޫ ސުކޫލް

- ސުލްތާން މުޙައްމަދު ސުކޫލް

- ކޮނޑޭ ސުކޫލް

- ގެމަނަފުށީ ސުކޫލް

- ކަނޑުހުޅުދޫ ސުކޫލް

މިއަދު އޮންލައިން