ބައިވެރިޔާއަށް ކަންކަން ސިއްރުކުރާނަމަ އެދެވެނީ ޢަދުލުވެރިކަމާ ދުރަށެވެ! ނަތީޖާ ހިތިވާނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ބައިވެރިޔާއަށް ކަންކަން ސިއްރުކުރާނަމަ އެދެވެނީ ޢަދުލުވެރިކަމާ ދުރަށެވެ! ނަތީޖާ ހިތިވާނެ!

ތިމާ ފިޔަވައި އެހެން މީހުންނަށް އިނގެން ޖެހޭ އެއްވެސް ކަމެއްގައި ސިރުކުރުން ގެންގުޅޭނަމަ އެއީ ވަރަށް ނުރައްކަންތެރިކަން ބޮޑު ކަމެކެވެ. އެކަމުން އެނގެނީ އެމީހާގެ ކިބައިގައި ޢަދުލުވެރިކަމެއް ނެތްކަމެވެ. އެމީހާއަކީ ޢަދުލުވެރިއަކު ނަމަ އެހެން މީހުންނާއި ގުޅުން ހުންނަ ކަންކަން ސިއްރުކުރާކަށް ނުޖެހޭނެއެވެ. 

މިސާލަކަށް ބުނާނަމަ ޒަވާޖީ ޙަޔާތެއް ފަށައިގެން ދިރިއުޅެމުންދާއިރު ދެމަފިރިންގެ މެދުގައި އެއްގޮތަކަށްވެސް ކަންކަން ސިއްރުކޮށްގެން ނުވާނެއެވެ. ބައިވެރިޔާ ގާތުގައި ކަމެއްގެ ވާހަކަ ނުބުނެވިހުއްޓައި އޭނާއަށް ޝައްކުވެގެން ނުވަތަ އެނގިގެން ސުވާލުކޮށްފިނަމަ ދޮގުހަދައި އޮޅުވާލައިގެން ނުވާނެއެވެ. އެކަމެއް އޮތްގޮތަށް ރީތިކޮށް ކިޔައިދޭށެވެ. 

ނަމަވެސް މިހާރަކަށް އައިސް ވަރަށް ރަނގަޅު ބައެއް މީހުންނަށްވެސް ޤަބޫލުކުރެވިފައި އޮންނަނީ ތެދުވެރިވާންޖެހޭނީ ހަމައެކަނި ތިމާއާއި ޙަވާލުކުރެވޭ ފައިސާއަށް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ. އޮޑިޓް ކުރީމާ ފަޅާއަރާނެތީ ފައިސާއަށް ތެދުވެރިވާ ފަދައިން ދިރިއުޅުމުގެ ކަންކަމުގައިވެސް ތެދުވެރިވާންޖެހޭނެއެވެ. އެހެނީ އޮޑިޓަރުން އައިސް އޮޑިޓްކުރާތަން ނުފެނުނު ނަމަވެސް ތިމާކުރާ ކޮންމެ ޢަމަލެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އެކަމަށް އޮޑިޓަރުން ބޭނުމެއް ނުވެއެވެ. ވީމާ އެމީހަކު ކުރިކަމަކަށް ޖަވާބުދާރީވާން ނުޖެހޭނެކަމަށް ހީކޮށް ބައިވެރިޔާއަށް ވިޔަސް ކަންކަން ސިއްރުނުކުރާށެވެ. އެކަމުގެ ސަބަބުން ކަރުނައަޅަން ޖެހޭނެ ދުވަސް ތިބާއާއި ބައްދަލުކުރާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން