މުފްތީ މެންކުގެ ހުކުރު ކުރެއްވުމަށް ބޮޑު ތަރުޙީބެއް- މާޝާﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މުފްތީ މެންކުގެ ހުކުރު ކުރެއްވުމަށް ބޮޑު ތަރުޙީބެއް- މާޝާﷲ

މަސްޖިދް މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި މިއަދު އިމާމްވެ ހުކުރުކުރެއްވީ މުފްތީ މެންކް އެވެ. އެހެންދުވަސްދުވަހާއި ޚިލާފަށް މެންދުރު 12 ޖެހުމުގެ މާކުރިން މިސްކިތުގެ މައި ހޯލް އޮތީ ފުރިބާރުވެފައެވެ. 

ހުކުރުން ފޭބި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރަކު ބުނީ އެހެން ދުވަސްދުވަހަށްވުރެ މިއަދު މުފްތީ މެންކް ވިދާޅުވި ޚުޠުބާ ފަހުމްވިލެއް ބޮޑުކަމަށެވެ. ސަބަބެއް ކަމަށް ލަފާކުރެވެނީ އިނގިރޭސިބަހުން ޚުޠުބާ ދެއްވުމުގައި ބޭނުންކުރެއްވި ބަސްތަކުގެ މާނަ ތިލަވެފައި އެއްބައާއި އަނެއްބައި ގުޅުވައިލައްވަމުން ގެންދެވިލެއް ފުރިހަމަކަމެވެ. ޚުޠުބާގެ ތެރެއަށް އަމިއްލަފުޅު ވާހަކަތައް ނުވެއްދެވިކަމެވެ. 

ވަޤުތު ސަލާމަތްކުރެއްވުމުގެ ގޮތުން ޤުރްއާނުގެ އާޔަތްތައް ވިދާޅުވއިރު މުޅި އާޔަތަށްވުރެ ބޮޑަށް ނަންގަވަން ބޭނުންފުޅުވި ނުކުތާ ނަންގަވައި އެނުކުތާގެ މައްޗަށް ޚުޠުބާދެއްވިކަންވެސް ފާހަގަކުރެވުނެވެ. އެކަމުގެ ސަބަބުން މީހުންގެ ސަމާލުކަން އިތުރުވެގެންދިއަކަންވެސް ފާހަގަކުރެވުނެވެ. 

ހުކުރު ނިންމަވައި މުފްތީ މެންކް ގިނަ ބައަކާއި ބައްދަލުކުރައްވައި ސަލާމް ކުރެއްވިއެވެ. މުފްތީ މެންކުގެ ދަރުސް މިރޭ އޮންނާނީ އަލިމަސްކާނިވަލުގައެވެ. މުފްތީ މެންކުގެ ދަރުސް އަޑުއެއްސެވުމަށް އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. 

ދީނީ ދަރުސް ދޭ މަޖިލިސްތަކުގައި ބައިވެރިވުމަކީ ނުހަނު ގިނަގުނަ ޘަވާބު ދެއްވަވާ އަޅުކަމެކެވެ. މީސްތަކުން އެފަދަ މަޖިލިސްތަކުގައި ތިބޭަިއރު މަލާއިކަތުންގެ ފައުޖުތައް އެބައެއްގެ ވަށާލައްވައިގެން ތިއްބަވައި އެބައަކަށްޓަކައި ހެޔޮދުޢާކުރައްވަވައެވެ. މަޖިލިސް ނިމުމުން ބައިވެރިންގެ މައުލޫމާތު ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވާކަމަށްވެސް ދީނީ ޢިލްމުވެރިން ބަޔާންކުރައްވައެވެ. 

މުފްތީ މެންކަކީ ދިވެހިންގެ ގިނަބައެއްގެ ސަމާލުކަން ހޯއްދަވާފައިވާ ޢިލްމުވެރިއެކެވެ. ދިވެހިންގެ ގިނަ ބައަކު އެންމެ ގިނަ ބައަކު އަޑުއަހަނީ މުފްތީ މެންކުގެ ދަރުސްތައްކަން މިއަދުނޫހަށް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން