ސުވާލު:. ބަލިވެގެންނޫނެވެ. (ނަމާދުގެ ޙަރަކާތްތައް ނުކުރެވޭ މީހެއް ނޫނެވެ.) އެހެންނަމަވެސް ވަރުބަލިކަން އިޙްސާސްކުރެވޭތީ ޢާންމު ގޮތެއްގައި އިށީންދެ އިނދެ ނަމާދު ކުރުމަކީ ރަނގަޅު ކަމެއްތޯ؟
ޖަވާބު:. ކޮޅަށް ހުރެވޭ މީހަކު ފަރުޟު ނަމަދު ގޮނޑީގައި ކޮށްގެން ނަމާދު ޞައްޙައެއް ނުވާނެ. ގުދުވެ ހަދަން އުނދަގޫވާނަމަ ކޮޅަށް ހުރެވޭ ހިސާބުގައި ކޮޅަށް ހުރެފައި ގުދުވާންވީމަ ގޮނޑީގައި އިށީންދެވިދާނެ.
ހެޔޮ ޙާލުގައި ހުރި މީހަކަށްވެސް ސުންނަތް ނަމާދު ގޮނޑީގައި އިށީނދެގެން އިނދެ ކުރެވިދާނެ. ނަމަވެސް ޘަވާބުގެ ދެބައިކުޅަ އެއްބައި އުނިވާނެ.
މީގެ ތެރޭގައި ޢުޒުރުވެރިން ނުހިމެނޭ. ޢުޒުރުވެރިން ގޮނޑީގައި އިށީންދެ އިދެގެން ނަމާދު ކުރުމަކުން ދަރުމައާއި ޘަވާބަކަށް އުނިކަމެއް ނާންނާނެ. إِنْشَاءَ الله
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް