ޙަޤީޤީ ރަޙްމަތްތެރިއެއްކަން ޔަޤީންކުރެވޭނެ 4 ކަމެއް-!

އަހުމަދު
ކިޔުމަށް ހޭދަވާނީ 46ސ
ޙަޤީޤީ ރަޙްމަތްތެރިއެއްކަން ޔަޤީންކުރެވޭނެ 4 ކަމެއް-!

ޙަޤީޤީ ރަޙްމަތްތެރިއެއްކަން ޔަޤީންކުރެވޭނީ 4 ކަމަކުންނެވެ. އެއީ:

ހާލުގައި ޖެހޭ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމާއި

ތިބާ ނުއެދެނީސް ކޮށްދޭ ހެޔޮ ކަންކަމުންނާއި

ތިބާ ނެތްތަންތަނުގައި ތިބާއާއިމެދު ބުނާ ބަހުންނާއި

އަދި ތިބާ މަރުވުމުން ތިބާއަށް ހެޔޮ ދުޢާކޮށްދޭނަމައެވެ. 

މި 4 ކަންތައް ތިބާއަށް ކޮށްދޭ މީހާއަކީ ޙަޤީޤީ ރަޙްމަތްތެރިއެކެވެ. 

ބައެއް ޢިލްމްވެރިން 5 ވަނަ ކަމެއްވެސް ފާހަގަކުރައްވައެވެ. އެއީ ތިބާގެ ޣައިރު ޙާޒިރުގައި (ތިބާ ނެތި) ތިބާގެ އަނބިދަރިންނަށް އިޙްތިރާމްކުރާ މިންވަރެވެ. 

ޙަޤީޤީ އެކުވެރިންނަކީ މިހާރު ވަރަށް މަދު ބައެކެވެ. ޙަޤީޤީ އެކުވެރިއަކު ލިބިއްޖެނަމަ އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ. ކަމެއްގައި ޚިޔާލުތަފާތުވިނަމަވެސް އެފަދަ އެކުވެރިއަކު ދޫކޮށްނުލާށެވެ. އެމީހަކާއި ދެބަސްވެ ވަކިނުވާށެވެ. އަދި އެކުވެރިކަން ބަދަހިކުރުމުގައި އޭނާގެ ކިބައިގައި މިކަންކަން ހުރިމިންވަރަށް ބަލާށެވެ! 

 

- އަލަފް

މިއަދު އޮންލައިން